ޔޫތް މިނިސްޓްރީގެ މުވައްޒަފަކު ޕޮޒިޓިވްވެ، އެ މިނިސްޓްރީ ބަންދުކޮށްފި އެވެ.
ވެލާނާގޭގައި ހިންގާ ޔޫތް މިނިސްޓްރީގައި މަސައްކަތް ކުރާ މުވައްޒަފަކު ޕޮޒިޓިވްވެފައިވާކަން އެ މިނިސްޓްރީއަށް ވަނީ އަންގައިފަ އެވެ. އެކަމާ ގުޅިގެން މިނިސްޓްރީ އިއްޔެ ބަންދުކޮށްފައިވާ އިރު، މިއަދު ޑިސްއިންފެކްޓް ކުރާނެ ކަމަށް އެ މިނިސްޓްރީން މައުލޫމާތު ދެއެވެ.
ޑިސްއިންފެކްޓް ކުރެވުނުހާ އަވަހަކަށް އެ އޮފީސް ހުޅުވަން ވެސް ވަނީ ނިންމައިފަ އެވެ.
މިފަހަކަށް އައިސް އޮފީސްތަކުން މީހުން ޕޮޒިޓިވްވާ އަދަދު ވަނީ އިތުރުވެފަ އެވެ.
ތަފްސީލް އަންނަނީ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް