ވޯލްޑްކަޕުން ކެޓި ސައުތް އެފްރިކާ ޓީމުގެ މުހިންމު ކުޅުންތެރިއަކު މަރުވެފައި އޮއްވަ ފެނިއްޖެ

ސައުތް އެފްރިކާ ގައުމީ ފުޓުބޯޅަ ޓީމުގެ މުހިންމު ކުޅުންތެރިއެއް ކަމަށްވާ މިޑްފީލްޑަރު ޖޭޑަން އެޑަމްސް ގޭގައި މަރުވެފައި އޮއްވަ ފެނިއްޖެ އެވެ. އޭނާ މަރުވެފައި އޮއްވަ ފެނުނީ މިހާރު ކުރިޔަށްދާ ފީފާ ވޯލްޑް...

12 Jul 2026 | 05:51
ޖޭޑަން އެޑަމްސް --

ޖޭޑަން އެޑަމްސް --

ސައުތް އެފްރިކާ ގައުމީ ފުޓުބޯޅަ ޓީމުގެ މުހިންމު ކުޅުންތެރިއެއް ކަމަށްވާ މިޑްފީލްޑަރު ޖޭޑަން އެޑަމްސް ގޭގައި މަރުވެފައި އޮއްވަ ފެނިއްޖެ އެވެ.

އޭނާ މަރުވެފައި އޮއްވަ ފެނުނީ މިހާރު ކުރިޔަށްދާ ފީފާ ވޯލްޑް ކަޕްގެ ގަދަ 32 ޓީމުގެ ތެރޭގައި ވާދަ ކުރުމަށް ފަހު މުބާރާތުން ކެޓުމުން އެނބުރި ގައުމަށް ދިޔަތާ ހަފްތާއެއްވެސްނުވަނީ ހެވެ. އޭނާ މަރުވެފައި އޮއްވަ ފެނުނީ ކޭޕް ޓައުންގައި ހުންނަ ގެއެއްގެ ތެރެއިންނެވެ.

މި މައްސަލަ ކޭޕް ޓައުން ފުލުހުން ވަނީ ތަހުގީގު ކުރަން ފަށާފައި އެވެ. އޭނާގެ މަރާއި މެދު ޝައްކުތަކެއް އުފެދުނު ނަމަވެސް އިތުރު ތަފްސީލް އަދި ފުލުހުން ހާމައެއް ނުކުރެ އެވެ.

އެޑަމްސް ފީފާ ވޯލްޑް ކަޕުގައި ސައުތް އެފްރިކާ ޓީމުގެ ގްރޫޕް ސްޓޭޖުގެ ތިން މެޗުގައިވެސް ކުޅެފައިވެއެވެ. ސައުތް އެފްރިކާ ޓީމު ގްރޫޕް ސްޓޭޖުން ދަތުރުކުރީ ނޮކްއައުޓް ސްޓޭޖަށެވެ ނަމަވެސް ރައުންޑް އޮފް 32 ގައި ޓީމު ބަލިވެފައިވަނީ ވޯލްޑް ކަޕުގެ ކޯ-ހޯސްޓް ކެނެޑާ އަތުންނެވެ.

އެޑަމްސް ފުޓުބޯޅަ ކެރިއަރު ފެށީ ސްޓެލެންބޮޝް އެފްސީއިންނެވެ.

2025 ވަނަ އަހަރުގެ ޖެނުއަރީ މަހު އޭނާ މަމެލޯޑީ ސަންޑައުންސްއަށް ބަދަލުވެ އެ ކްލަބާއެކު ލީގު ތަށްޓާއި އެފްރިކަން ޗެމްޕިއަންސް ލީގު ތަށި ހޯދާފައިވެއެވެ. މީގެ އިތުރުން 2023 ވަނަ އަހަރުގެ އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ސެމީ ފައިނަލަށް ދިޔަ ދެކުނު އެފްރިކާ ސްކޮޑުގައިވެސް އެޑަމްސް ހިމެނިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް