މާލޭގައި ހުއްދަ ނެތި ހިންގަމުންދާ ގެސްޓްހައުސްއެއްގެ ތެރޭގައި ބިދޭސީއަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
މަރުވެފައި އޮޮއްވާ ފެނުނީ އިންޑިއާގެ ރައްޔިތެކެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ބިދޭސީ މީހާ ފެނިފައި ވަނީ ހުއްދަ ނުނަގާ ގެސްޓްހައުސް އެއްގެ ގޮތުގައި ހިންގާ ތަނެއްގެ ތެރެއިން ކަމަށެވެ.
އެތަނުގައި މީހަކު މަރުވެފައި އޮތް ކަމުގެ މައުލޫމާތު ފުލުހުންނަށް ހުށަހެޅީ މިއަދު 17:51 ހާއިރު ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
އޮފިޝަލް ވިދާޅުވީ މައްސަލައާ ގުޅިގެން ފުލުހުން ސީންގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
ނިޔާވެފައި އޮއްވާ ފެނުނީ އިންޑިއާ ފިިރިހެނެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް