ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ އާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އޯޑިއޯއެއްގެ ސައްހަކަށް ބަލަން ފަށައިފި އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އޯޑިއޯގައި ވާހަކަ ދައްކަނީ މިނިސްޓަރު އިމްރާންގެ ފަރާތުން ޖިންސީ އަނިޔާ ލިބުނު މީހެއްކަމަށް ވެ އެވެ. އެމީހާ އެ މައްސަލަ ޖެންޑާ މިނިސްޓްރީއަށްވެސް ހުށަހެޅި ކަމަށާއި އެކަމަކު އެއްބާރުލުން ލިބިފައި ނުވާކަމަށް ބުނެ އެވެ.
ފުލުހުން މިއަދު ބުނީ މިނިސްޓަރާއި ގުޅޭ ޖިންސީ ގޯނާގެ މައްސަލައެއް ފުލުހުންނަށް އެއްވެސް ފަރާތަކުން ހުށަހަޅާފައި ނުވާކަމަށެވެ. އެކަމަކު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އޯޑިއޯ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށް ބުނެ އެވެ.
އެގޮތުން އޯޑިއޯގެ ސައްހަކަން ބެލުމަށް ކުރަންޖެހޭ ކަންކަން ކުރަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ވަނީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި ދައުރުވި އޯޑިއޯގެ ސައްހަކަށް ކަަވަރު ކުރަން ފެށިކަމަށް އެ ދުވަސްވަރު ބުނެފައި އެވެ. އެކަމަކު އޭގެ ފަހުން ފުލުހުން އެކަމާއި ގުޅޭގޮތުން އެއްޗެއް ހާމަކޮށްފައެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް