ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް(އެޗްއާރުސީއެމް) ގެ ރައީސް އައިމިނަތު އީނާސް އާއި މެމްބަރު އައިޝަތު އަފްރީން މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
މި ދެބޭފުޅުން އިސްތިއުފާދެއްވި އިރު އީނާޝް އާއި އަފްރީންގެ މެމްބަރުކަމުގެ ދައުރު ހަމަވާތީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ވަނީ މިދިޔަ ހަފްތާގައި ހުޅުވާލާފައި އެވެ. އެ ދެބޭފުޅުންގެ އިތުރުން އެޗްއާރުސީއެމްގެ މެމްބަރު މޫސާ އަލީ ކަލޭފާނާއި ނައިވީން އަބްދުﷲ ގެ ދައުރު ހަމަވާތީ މެމްބަރުކަމަށް ކުރިމަތިލުމަށް ވަނީ ހުޅުވާލާފައި އެވެ.
އެ ކޮމިޝަނުގައި ދެން ހުންނަވަނީ ނައިބު ރައީސް މުހައްމަދު ޒާހިދު އެވެ.
މީގެ އިތުރުން އެ ކޮމިޝަނުގެ މެމްބަރުން މަގާމުން ވަކި ކުރަން މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޝަނުން ދަނީ މަސައްކަތް ކުރަމުންނެވެ. އެޗްއާރުސީއެމްގެ މެމްބަރުން މަގާމުން ވަކި ކުރަން އެ ކޮމިޓީން މަސައްކަތް ކުރަނީ ޒިންމާ އަދާ ނުކުރައްވާ ކަމަށް ބުނެ އެވެ.
އެޗްއާރުސީއެމްގެ މިހާރު ތިއްބެވި ހުރިހާ މެމްބަރުންނަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އައްޔަން ކުރައްވާފައި ތިއްބެވި މެމްބަރުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް