އައިޖީއެމްއެޗުން އެ ހޮސްޕިޓަލުގައި މަސައްކަތްކުރާ ނަރުހުންގެ ޔުނީފޯމަށް އަނެއްކާވެސް ބޮޑު ބަދަލެއް ގެނެސްފިއެވެ.
2018 ވަނަ އަހަރުގެ ބައިނަލްއަގުވާމީ ނަރުހުންގެ ދުވަހާ ގުޅުވައިގެންވެސް ނަރުހުންގެ ޔުނީފޯމް ބަދަލުކޮށްފަ ވަނީ އައިޖީއެމްއެޗުން ބަދަލުކޮށްފައެވެ. އޭރު ބަދަލުކުރީ ވިލު ނޫ ކުލައަކަށް ދާ ޔުނީފޯމަކަށެވެ. އޭގައި ހުދު ކުލަ އާއި ވިލު ނޫ ކުލައިގެ މާތަކެއް ހުރެއެވެ.
ނަވަމެސް އަލަށް ބޭނުންކުރާ ޔުނިފޯމުގެ ކުލައަކީ ވެސް ވިލު ނޫ ކުލަ އެވެ. މިހާރުގެ ޔުނިފޯމާ އަޅާބަލާއިރު މާ ބޮޑު ބަދަލުތަކެއް ނެތަސް ކުލަ ތަންކޮޅެއް މަޑުވެފައި އެއްވެސް ޑިޒައިނެއް ނުހުންނާނެ އެވެ.
ކުރީގެ ޔުނީފޯމަށް ވުރެ މިހާރުގެ ޔުނީފޯމް މާ ފަސޭހަ ވާނެ ކަމަށް ބައެއް ނަރުހުން ބުނެއެވެ. އެއީ ކުރީގެ ޔުނީފޯމް ހުންނަނީ އަތް ކުރުކޮށް ކަމަށާއި، އާ ޔުނީފޯމް ހުންނަނީ އަތް ދިގުކޮށް ކަމަށެވެ. އަދި ކުރީގެ ޔުނީފޯމާއި އެއްކޮށް ބުރުގާގެ ގޮތުގައި ބޭނުންކުރަނީ ވެސް ވިލު ނޫކުލައިގެ ވަށް ބުރުގާކަމަށާއި ޔުނީފޯމަށް މިއައި ބަދަލުތަކާއި އެކު ވަށް ބުރުގާގެ ބަދަލުގައި ޝޯލް ވެސް ބޭނުން ކުރެވޭނެއެވެ.
https://twitter.com/igmhmv/status/1282182871726383104
ގިނަ ނަރުހުން މިހާރު ޔުނީފޯމު ލަނީ ޑިއުޓީ އަށް ނުކުމެފައެވެ. މިދުވަސްކޮޅު ގެއިން އާ ޔުނީފޯމް ލައިގެން ދިޔަ ކަމުގައި ވިއަސް، އެ ޔުނީފޯމާ އެކު ގެއަށް ނުދެވޭނެ ކަމަށް އެ ހޮސްޕިޓަލުން ނަރުހުންނަށް އަންގާފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް