ބޮޑު ފިނޮޅުން ބިދޭސީން ބޭލުމަށް ވަގުތީ އަމުރެއް ނެރެދިނުމަށް ސީލް އިން އެދިއްޖެ

ބ. އަތޮޅު ބޮޑުފިނޮޅުގައި ތިބި ބިދޭސީން އެ ރަށުން ބާލަން ވަގުތީ އަމުރެއް ނެރެދިނުމަށް ސީލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ތުޅާދޫ މެޖިސްޓްރޭޓަށް ހުށަހަޅައިފިއެވެ. އެ ކުންފުނިން މިއަދު ބުނީ އެ...

12 Jul 2020 | 06:01

ބ. އަތޮޅު ބޮޑުފިނޮޅުގައި ތިބި ބިދޭސީން އެ ރަށުން ބާލަން ވަގުތީ އަމުރެއް ނެރެދިނުމަށް ސީލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ތުޅާދޫ މެޖިސްޓްރޭޓަށް ހުށަހަޅައިފިއެވެ.

އެ ކުންފުނިން މިއަދު ބުނީ އެ މައްސަލައިގެ އަޑު އެހުމެއް އޮންލައިންކޮށް މިއަދު ބާއްވަން ތާވަލްކޮށްފައިވާ ކަމަށެވެ.

އެ މައްސަލާގައި ސީލް މޯލްޑިވްސްގެ ވަކީލުން ވަނީ އެ ކުންފުނީގެ މުދަލަށް ލިބުނު ގެއްލުންތަކުގެ ބަދަލު ނަގައިދިނުމަށް ހުށަހެޅިދާނެތޯ ކަނޑައެޅުމަށް މިދިޔަ ހޯމަ ދުވަހު ވަނީ ތުޅާދޫ ކޯޓަށް މައްސަލައެއް ހުށަހަޅައިފައެވެ. އަދި އެ މައްސަލާގައި ސީލް މޯލްޑިވްސްގެ ފަރާތުން އެދިފައި ވަނީ ގެއްލުން ދިން ބިދޭސީން ތިބެގެން އެ ކަންކަން ބެލުމުގެ މަސައްކަތް ކުރިޔަށް ގެންދަން އުނދަަގޫވާ ކަމަށާއި އެހެން ކަމުން ރިޒް ކުންފުނީގެ ބިދޭސީންތައް ބޮޑުފިނޮޅުން ބާލަން އަމުރެއް ނެރެދިނުމަށެވެ.

ރިޒް ކުންފުނި ތަމްސީލްކުރާ ލޯ ކްރާފްޓްގެ ވަކީލަކު ވިދާޅުވަނީ، އެ ރަށުގައި ތިބި ބިދޭސީންނަކީ ބޮޑުފިނޮޅު ރިސޯޓް ނަމަކަށް ކިޔާ ކުންފުންޏެއްގެ ނަމުގައި ގެނެސްފައި ތިބި ބައެއް ކަމަށެވެ.

އެ މީހުންނަކީ ގަވާއިދާ އެއްގޮތަށް އަދި ހުރިހާ ލިޔުންތަކެއް ހަމައަށް ތިބި ބައެއް ކަމަށާއި އެކަމަކު އެހެން ކުންފުންޏެއްގެ ކޯޓާގައި ތިބި މުވައްޒަފުންތަކަކާ ހަވާލުވުމުގެ ކުރިން އެއީ ކޮން ބައެއްގެ މުވައްޒަފުން ކަން ކަށަވަރު ކުރަން ބޭނުންވާ ކަމަށާއި އެކަން ސާފުކުރަން ފުލުހުންގެ ކިބައިން އެދިފައިވާނެ ކަމަށް ރިޒްގެ ވަކީލުން ވަނީ ވިދާޅުވެފައެވެ.

މި މައްސަލާގައި ހިމެނޭ ބިދޭސީންގެ އެއްވެސް ލިޔެކިއުމެއް ނެތް މައްސަލައާއި މުސާރަ ނުދީ ގަވައިދާ ހިލާފަށް ގެންގުޅުން ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް ފުލުހުން ވެސް ގެންދަނީ ބަލަމުންނެވެ. ފުލުހުން ވަނީ އެކަމާ ގުޅިގެން ހިއުމަން ޓްރެފިކިންއަށް ތުހުމަތު ކުރެވޭ ކަންކަން ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ބުނެފައެވެ.

ރިޒް ކުންފުންޏާއި ސީލް ކުންފުނީގެ ދެމެދުގައި އުފެދިފައިވާ ހަމަނުޖެހުމުގައި އެ ބިދޭސީންނާ ހަވާލުވާނެ ބަޔަކު ނެތެވެ. އެ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދެނީ، އެނގިފައިވާ ގޮތުގައި، ރިޒް ކުންފުނިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް