ހުޅުދުއްފާރުންވެސް ކޯވިޑް-19 އަށް މީހަކު ޕޮޒިޓިވް ވެއްޖެ

ރ. ހުޅުދުއްފާރުގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. ދުވަހަށް މައުލޫމާތުދެއްވަމުން އެ ރަށު ކައުންސިލްގެ ރައީސް އަލީ ޖާވިދު ވިދާޅުވީ ޕޮޒިޓިވް ވީ ހޯމް ކަރަންޓީނުގައި ހ...

12 Jul 2020 | 05:35

ރ. ހުޅުދުއްފާރުގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ދުވަހަށް މައުލޫމާތުދެއްވަމުން އެ ރަށު ކައުންސިލްގެ ރައީސް އަލީ ޖާވިދު ވިދާޅުވީ ޕޮޒިޓިވް ވީ ހޯމް ކަރަންޓީނުގައި ހުރި މީހެއް ކަމަށާއި އޭނާ ޕޮޒިޓިވްވީ 14 ދުވަސް ހަމަވުމުން ދޫކޮށްލަން ނެގި ޓެސްޓުން ކަމަށެވެ.

"ނަތީޖާ ލިބުނީ ފަތިހު، އޭނާ މިވަގުތުވެސް ހުރީ ހޯމް ކަރަންޓީނުގައިކަން އަޅުގަނޑު ފާހަގަކުރަން" ކައުންސިލް ރައީސް ވިދާޅުވިއެވެ.

ހުޅުދުއްފާރުން މީހަކު ޕޮޒިޓިވް ވެފައިވާއިރު އިތުރު ތިން ރަށަކުންވެސް ފާއިތުވި ދެތިން ދުވަހު މީހުން ޕޮޒިޓިވް ވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް