ދުފި: ސިއްހަތަށް ފައިދާހުރި ދުފުން

ދުފުމަކީ ދިވެހިންގެ ތެރޭގައި އާއްމު ކަމެކެވެ. އާއްމު އާދައެކެވެ. ކާބަފައިންގެ ހަނދާންތަކުން ފެށިގެންގޮސް އަދުގެ ޒުވާން ޖީލުވެސް ދުފާކަމީ ދުފުމާއި ދިވެހިންގެ ގުޅުން ދައްކުވައިދޭ ކަމެކެވެ. ނަމަވެސް ދުފު...

12 Jul 2020 | 05:11

ދުފުމަކީ ދިވެހިންގެ ތެރޭގައި އާއްމު ކަމެކެވެ. އާއްމު އާދައެކެވެ. ކާބަފައިންގެ ހަނދާންތަކުން ފެށިގެންގޮސް އަދުގެ ޒުވާން ޖީލުވެސް ދުފާކަމީ ދުފުމާއި ދިވެހިންގެ ގުޅުން ދައްކުވައިދޭ ކަމެކެވެ.

ނަމަވެސް ދުފުމަކީ ހަމަ އެކަނި ފޯކާއި ބިލެތާއި ހުންޏާއި ގުޅިފައި ހުރި ކަމެއް ކަމުގައި ބަލައިގެން ނިންމާލެވޭކަށް ނެތެވެ. އެތަކެއްޗަކީ ސިއްހަތަށް ގެއްލުން ހުރި، ނުރައްކާތެރި ކެންސަރު ފަދަ ބޮޑެތި ބަލިތަކަށް މަގުފަހި ކުރުވާ ތަކެތިކަންވެސް އަހަރެމެން ދިވެހިން ދަނެއެވެ. އެހެން ނަމަވެސް ދުފުމުގެ މި އާދައިން ދުރު ނުވެވިގެން މިއުޅެނީ މި އާދަ ދިވެހިންގެ ތެރޭގައި އަށަގެންފައިވާލެއް ބޮޑުކަމުންނެވެ. ސަބަބުތަކެއްވެސް ނެތިއެއް ނޫނެވެ.

ދުފުމުގެ އުފާ ނުރައްކަލާ ނުލާވެސް ކުރިއަށް ގެންދާނެ އުފެއްދުމެއް ދިވެހި މާކެޓަށް މިވަނީ ތައާރަފް ކޮށްފައެވެ. "މެކްސްވާނާ" އިން މިދިޔަ ފުރަބަންދުގެ ތެރޭގައި ތައްޔާރުކޮށް ދިވެހި މާކެޓަށް ނެރެ ވިއްކަން ފަށާފައިވާ "ދުފި" އަކީ މިކަމަށް ސަޅި ހައްލެކެވެ. ދުފުމުގެ އާދަ ހުއްޓާލަން ނުޖެހި އަދި ސިއްހަތަށް ފައިދާ ހުރި ދުފުމެއް ދުފިން ގެނެސްދެއެވެ.

"މި ހިޔާލު މި އައި ގޮތަކީ، އަބަދުވެސް މަސައްކަތް ކުރާއިރު ދުފޭ، ސްޕާރީ ވަރަށް ގިނައިން ކައި އުޅެވޭ، ލައިކް އޮފީސް މާހައުލުގަ ކޮންސެންޓްރޭޓެޑް މަސައްކަތެއް ކުރާއިރު 10 ނޫނީ 25 ވަރަކަށް ސުޕާރީ އުރަ ކާލެވޭ، އެކަމަކު އޭގެ ގޯސްކަންވެސް އެނގޭތީ ހައްލަކާމެދު ވިސްނަމުންދިޔައީ" ދުފީގެ ހިޔާލު އައިގޮތް ކިޔައިދެމުން "ދުފި" މި އުފެއްދުމުގެ އެއް ކޯ ފައުންޑަރ އިސްމާއިލް މަޒްހަމް (މެކްސް) ދުވަހަށް ކިޔާދިނެވެ.

މި ހިސާބުން އަންނަނީ މި އުފެއްދުމުގެ އަނެއް ކޯ ފައުންޑަރ އަދި މަޒްހަމްގެ އަނބިމީހާ، ސުލްވާނާ ޝިހާބްގެ ދައުރެވެ.

މެކްސް ބުނިގޮތުގައި ސުޕާރީގެ ބަދަލުގައި ފޮނިތޮށި ކާފޫރުތޮޅިފަދަ އަލްޓަނޭޓިވް ޓްރައިކުރަން ފަށައި، މި އަލްޓަނޭޓިވް ޕްރޮޑަކްޓެއްގެ ގޮތުގައި މާކެޓަށް ގެނައުމުގެ ވިސްނުން އައި ހިސާބުން އަންހެނުންނަށް ހިޔާލު ހިއްސާކޮށް ހިޔާލަށް އަމަލީ ޝިފަ ގެނައުމަށް ނިންމިއެވެ.

"އަންހެނުން ގާތު ބުނީ މީތި ވަރަށް މޮޅު ގޮތަކަށް ހަދާދީބަލާށޭ، އައި ޑިޑްންޓް ނޯ ހައު ޓު ކުކް، ކައްކާ މީހެއް ނޫންވީމަ، ވައިފް ވަރަށް އެކްސްޕެރިމެންޓްސް ކޮށް ހަދާނެ އަބަދުވެސް މީރު އެއްޗިސް" އަންހެނުންނަށް މި ހިޔާލު ފުރޮޅާލިގޮތް މެކްސް ކިޔާދިނެވެ.

މެކްސް ބުނީ އެ ހިޔާލު އަންހެނުންނަށް ފުރޮޅާލި ހިސާބުން އޭނާގެ އަންހެނުން މިކަމާ ވިސްނަން ފެށިއެވެ. އަދި ބޭނުންވާ ތަކެތި ހޯދައި އަމަލީ މަސައްކަތް ފެށިއެވެ.

މެކްސްވާނާގެ މި އުފެއްދުން ވުޖޫދުވެގެން ދިޔައީ ކޯވިޑް-19 އާއި ގުޅިގެން މާލެ ލޮކްޑައުންކޮށްފައި އޮތް ދުވަސްވަރުގެވެސް އެންމެ ޕީކް ދުވަސްވަރުގައެވެ. އެހެންކަމުން މި އުފެއްދުން މާކެޓަށް ނެރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވިއެވެ. ނަމަވެސް މި ދެމަފިރިން ތިބީކީ ދޫކުރާ ގޮތަކަށް ނޫން ކަމަށާއި ކުރި ހިތްވަރާއި މަސައްކަތުން ނެރެވުނު އުފެއްދުން ވަރަށް ކާމިޔާބު ކަމުގައި މެކްސް ދެކެއެވެ.

"ޓްރޭޑް މިނިސްޓްރީ ބަންދުކޮށްފަ ހުރީމަ ވަރަށް ހާލުން ރަޖިސްޓްރީ ކުރީވެސް، ތަކެތި ގަތީވެސް، ޕެކިން ހޯދުމުގަވެސް ގޮންޖެހުންތަކެއް ކުރިމަތިވި" ފަށައިގަތްއިރު ދިމާވި ބައެއް ދަތިކަން މެކްސް ހިއްސާ ކުރިއެވެ.

އޭނާ ބުނިގޮތުގައި އެންމެ ފުރަތަމަ މި އުފެއްދުން ޓެސްޓް ކުރީ އާއިލާގެ ތެރޭގައެވެ. އެގޮތުން އާއިލާގެ ބައެއް ގޭގެއަށް މި އުފެއްދުން ފޮނުވައި، ފީޑްބެކް ހޯދި ކަމަށާއި މާކެޓަށް ނެރުނީ އެގޮތުން ލިބުނު ފީޑްބެކަށް ބަލައި ޕްރޮޑަކްޓްގެ ޓޭސްޓް ރިފައިން ކުރުމަށްފަހުގައި ކަމަށެވެ. އަދި މިއީ ވަރަށް ކޮންސެންޓްރޭޓްކޮށްގެން ކޮލިޓީއަށްވެސް ބަލައިގެން ކުރާ މަސައްކަތެއް ކަމަށާއި އުފެއްދުމުގެ ކޮލިޓީއަށް ވަރަށް ބޮޑު ސަމާލުކަމެއް ދެމުން އަންނަ ކަންވެސް މެކްސް ފާހަގަކުރިއެވެ.

"ފެށުނީމަ ވަރަށް އަން-އެކްސްޕެކްޓެޑްކޮށް ދިމާވީ، އުންމީދުވެސް ނުކުރާހާ މަގްބޫލުކަމެއް އުފެއްދުމަށް ލިބިގެން ދިޔަ، ޕްރޮޑަކްޓް ލޯންޗު ކުރިތާ ތިން ދުވަސްތެރޭގައި ގުޅައިފި ރަށަކުން، ނަމަވެސް އޭރު ހޯލްސޭލަށް އެހާ ރެޑީއެއްވެސް ނޫން" މެކްސް ކިޔާދިނެވެ.

މެކްސް ބުނީ ނަމަވެސް ހަފްތާއެއްގެ ތެރޭގައި ހޯލް ސޭލް ކުރެވޭވަރަށް ޕްރޮޑަކްޓްލައިން ފުޅާކޮށް މިހާރު ރާއްޖޭގެ ބައެއް ރަށަރަށަށްވެސް މި އުފެއްދުން ފޮނުވަން ފަށާފައިވާކަމަށާއި މާލޭގެ ބައެއް ފިހާރަތަކުންވެސް އަދި ދުފި ޕޭޖާއި، އިންސްޓަގްރާމް، ޓްވިޓާ އެކައުންޓްސްތަކުން މި އުފެއްދުން ގަންނަން ލިބޭނެ ކަމަށެވެ.

މެކްސްވާނާ އިން އަންނަނީ ދުފީގެ ހަތަރު ޕްރޮޑަކްޓެއް ވިއްކަމުންނެވެ. އެއީ ދެ ސައިޒެއްގެ ދެ ފުޅި (ދުފި ސޯލޯ ޕްލަސް އަދި ދުފި ސޯލޯ) އާއި ދެ ސައިޒެއްގެ ދެ ޕެކެޓް (ދުފި މިނީ އަދި ދުފި މިނީ-އެކްސް) އެވެ.

އޯޑަރު ކުރައްވަން ބޭނުންފުޅުނަމަ ފަސޭހަ އެތައް ގޮތެއް ދުފިން ވަނީ ހުޅުވާލާފައެވެ. އެގޮތުން ވައިބަރ، ފޭސްބުކް، ޓްވިޓާ، އިންސްޓަގްރާމް އަދި ފޯނުކޮށްލައިގެންވެސް މި އުފެއްދުމަށް އޯޑަރު ކޮށްލެވިދާނެ ކަމަށް މެކްސްވާނާއިން ބުނެއެވެ.

މެކްސްވާނާގެ މި އުފެއްދުން ލޯންޗުކުރިތާ މިއަދަށް އެއް މަސް ފުރޭއިރު، ފެމިލީ ޕެކްސް އާއި އިތުރު ސައިޒް މާކެޓަށް ނެރުމުގެ ވިސްނުމާއި ޕްރޮޑަކްޓް ލައިން އިތުރަށް ފުޅާކުރުގެ ވިސްނުން މެކްސްވާނާއިން ގެންގުޅެއެވެ.

މެކްސްވާނާގެ އުންމީދަކީ މި އުފެއްދުން ދިވެހިންނަށް ކަމު ދިޔުމެވެ. އަދި ފޯކާއި ބިލެތާއި ހުނިން ލިބޭ ގެއްލުމުގެ ބަދަލުގައި ސިއްހަތައް ރަނގަޅު މި ދުފުމުގެ އުފާ އެންމެންނަށް ކަމުދާނެ ކަމުގައިވެސް މެކްސްވާނާއިން އުންމީދު ކުރެއެވެ.


ދުފި ފޭސްބުކް ޕޭޖް: https://www.facebook.com/DhufiMv

ދުފި ޓްވިޓާ: https://twitter.com/DhufiMv

ދުފި އިންސްޓަގްރާމް: https://www.instagram.com/dhufimv/?hl=en

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް