ބޮލީވުޑް ބަތޮލާ ކެޓްރީނާ ކެއިފްގެ އިންސްޓަގްރާމް ފޮލޯވަރުންގެ އަދަދު 40 މިލިޔަނަށް އަރައިފިއެވެ. މިވަރުގެ ކާމިޔާބީއެއް ކެޓްރީނާ ހޯދާފައިމިވަނީ އެންމެ ތިން އަހަރުންނެވެ.
40 މިލިޔަން ފޮލޯވަރުން ހަމަވުމުން އެކަން ފާހަގަކުރުމުގެ ގޮތުން ކެޓްރީނާ ވަނީ ހާއްސަ ވީޑިއޯއެއް އިންސްޓަގްރާމް އެކައުންޓަށް ދޫކޮށްލާފައެވެ. ފިލްމީ ހަޔާތާއި އާއްމު ދިރިއުމުގެ ބައެއް ފޮޓޯއާއި ވީޑިއޯ ހިމެނޭހެން ހަދާފައިވާ މި ވީޑިއޯގެ ކެޕްޝަންގައި ބުނެފައިވަނީ "އެންމެނަށް 40 މިލިޔަން ސައިޒުގެ "ހަގެއް" ކަމަށެވެ.
https://www.instagram.com/p/CCf9xOthVv0/?utm_source=ig_embed
ކެޓްގެ ފޮލޯވަރުންގެ އަދަދު 40 މިލިޔަނަށް އަރާފައިވާއިރު މި އަހަރުގެ ތެރޭގައިވެސް އޭނާގެ އައު ފިލްމެއް ނިކުންނާނެއެވެ. އެއީ އަކްޝޭ ކުމާރާއެކު ކުޅެފައިވާ "ސޫރްޔަވަންޝީ" އެވެ. މި ފިލްމު ކުރިން ނެރެން އޮތީ މާރިޗް މަހުގައެވެ. ނަމަވެސް ކޯވިޑް-19 އާއި ހެދި މި ފިލްމު ރިލީޒްކުރުން މިހާރު ވަނީ ފަސްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް