ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ފްލެޓެއްގެ ތިން ވަނަ ފަންގިފިލާއިން ވެއްޓުނު އަންހެން މީހާގެ ހާލު ރަނގަޅު ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.
އުމުރުން22 އަހަރުގެ އަންހެން މީހާ ވެއްޓުނީ އިއްޔެ ހަވީރު 5:30 ހާއިރު އެވެ. ފުލުހުންނާއި އާންމުންގެ އެހީތެރި ކަމާއި އެކު އެމީހާ ފުރަތަމަ ގެންދިޔައީ ހުޅުމާލޭ ހޮސްޕިޓަލަށެވެ.
އެކަމަކު ފަހުން އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ބަދަލު ކުރީ އެވެ. އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލް ވިދާޅުވީ އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށާއި މިހާރު ފަރުވާ ދެމުން ދަނީ ވޯޑުގައި ކަމަށެވެ.
ލިބިފައިވާ އަނިޔާގެ ތަފްސީލެއް ހާމައެއް ނުކުރެ އެވެ.
އެމީހާ ވެއްޓުނީ ކީއްވެ ކަމެއް ނޭނގެ އެވެ. އެ މައްސަލައިގަ ފުލުހުން އިތުރު ތަފްސީލް އަދި ހާމައެއް ނުކުރެ އެވެ.
ފުލުހުން ބުނެފައިވަނީ ހާދިސާ ހިނގަން މެދުވެރި ގޮތް ބަލަމުންދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް