ކޯވިޑަށް ޕޮސިޓިވްވި 1،193 މީހަކު ރަނގަޅުވެއްޖެ

ރާއްޖެއިން ކޯވިޑް-19 އަށް ޕޮސިޓިވްވި މީހުންގެ ތެރެއިން1،193 މީހަކު ބަލިން ރަނގަޅުވެއްޖެ އެވެ. އެޗްޕީއޭއިން މިރޭ އާންމު ކުރި މައުލޫމާތު ތަކުގައި ބުނެފައިވަނީ މިއަދު ހަވީރު 6:00 ގެ ނިޔަލަށް 1،193 މީހަކު...

12 Jun 2020 | 18:45

ރާއްޖެއިން ކޯވިޑް-19 އަށް ޕޮސިޓިވްވި މީހުންގެ ތެރެއިން1،193 މީހަކު ބަލިން ރަނގަޅުވެއްޖެ އެވެ.

އެޗްޕީއޭއިން މިރޭ އާންމު ކުރި މައުލޫމާތު ތަކުގައި ބުނެފައިވަނީ މިއަދު ހަވީރު 6:00 ގެ ނިޔަލަށް 1،193 މީހަކު ބަލިން ރަނގަޅުވެފައިވާކަމަށެވެ. އޭގެ ތެރެއިން 40 މީހުންނަކީ މިއަދު ބަލިން ރަނގަޅުވި ކަމަށް ނިންމި މީހުންނެވެ.

ބަލިން ރަނގަޅުވާ މީހުންގެ އަދަދު މި ފަހަކަށް އައިސް އިތުރުވެފައި މިވަނީ ރަނގަޅުވި ކަމަށް ބަލާ މިންގަނޑަށް ބަދަލުތަކެއް ގެނައުމުންނެވެ. އެޗްޕީއޭއިން މިހާރު ނިންމާފައިވަނީ ބަލީގެ އަލާމަތް ނެތް މީހުން 21 ދުވަސް ފަހުން ބަލިން ރަނގަޅުވި ކަމަށް ބަލައި އިތުު ޓެސްޓަކައި ނުލާ ރަނގަޅުވި ކަމަށް ބަލާށެވެ.

އެކަމަކު ޕޮސިޓިވްވެފައިވާ މީހުންގެ ތެރެއިން އުމުރުން ދުވަސްވީ މީހުންނާއި ބޮޑެތި ބަލިތަކަށް ފަރުވާ މީހުން ބަލިން ރަނގަޅުވި ކަމަށް ބަލާނީ ކުރިން އަމަލު ކުރަމުންދިޔަ އުސޫލުން އަލާމާތްތައް ފިލުމުން ދެ ފަހަރު ވައިރަހަށް ޓެސްޓުކޮށް ނަތީޖާ ނެގެޓިވް ވެއްޖެ ނަމަ އެވެ.

މި ފަހަކަށް އައިސް ޕޮސިޓިވްވާ މީހުންނަށްވުރެ ބަލިން ރަނގަޅުވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.

މިހާރު ކޯވިޑް ޖެހިގެން ފަރުވާ ދެމުންދަނީ 800 މީހުންނަށެވެ. އޭގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދަނީ10 ވަރަކަށް މީހުންނަށެވެ. އެމީހުންގެ ހާލުވެސް ރަނގަޅުވެވެ.

ރާއްޖެއިން ކޯވިޑް-19 އަށް1،193 މީހަކު ޕޮސިޓިވްވެފައިވެ އެވެ. އޭގެ ތެރެއިން އަށް މީހަކު ވަނީ މަރުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް