ދެ ދުވަސް ތެރޭގައި އިންޑިއާގެ 500 އަށްވުރެ ގިނަ މީހުން ފުރުވާލައިފި

ރާއްޖޭގައި މަސައްކަތް ކުރަމުންދިޔަ އިންޑިއާ މީހުންގެ ތެރެއިން 500 އަށްވުރެ ގިނަ މީހުން ދެ ދުވަސް ތެރޭގައި ފުރުވާލައިފި އެވެ. ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ބުނީ އެ ގައުމުގެ އެއާލައިނެއް ކަ...

12 Jun 2020 | 18:33

ރާއްޖޭގައި މަސައްކަތް ކުރަމުންދިޔަ އިންޑިއާ މީހުންގެ ތެރެއިން 500 އަށްވުރެ ގިނަ މީހުން ދެ ދުވަސް ތެރޭގައި ފުރުވާލައިފި އެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ބުނީ އެ ގައުމުގެ އެއާލައިނެއް ކަމަށްވާ އިންޑިގޯގެ ފްލައިޓެއް ޗާޓާ ކޮށްގެން އިއްޔެ 343މީހަކު ފުރުވާފައިވާ ކަމަށެވެ. އެ ފްލައިޓުގައި ދަތުރުކޮށްފައިވަނީ ހައިދަރްއާބާދާއި މުމްބާއީއަށް ދިޔަ މީހުންނެވެ.

މިއަދު އިންޑިގޯގެ ފްލައިޓަކުން 171 މީހަކު ފުރުވާލާފައިވެ އެވެ. ހައި ކޮމިޝަނުން ބުނީ އެ މި އެންމެން ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ ދިއްލީއަށް ކަމަށެވެ.

މީގެ އިތުރުން މިމަހުގެ16 ވަނަ ދުވަހުވެސް ވެސް އިންޑިއާ ބަޔަކު ފުރުވާލުމަށް ހަމަޖެހިފައިވެ އެވެ. އެ ފްލައިޓު ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ ބެންގަލޫރާއި ތްރިވެންޑްރަމަށެވެ.

ކޯވިޑް-19 އާއި ގުޅިގެން ގިނަ ބިދޭސީންތަކެއްގެ ވަޒީފާ ގެއްލި އަނބުރާ ގައުމަށް ދާންޖެހިފައިވާއިރު ހުރިހާ ގައުމުތަކަކަކުންވެސް ދަނީ އެ ގައުމެއްގެ ބަޔަކު ގެންނަން ފްލައިޓުތައް ޗާޓާ ކުރަމުންނެވެ. އިންޑިއާއިން ދަނީ ވައިގެ މަގުންނާއި ކަނޑުމަުން މީހުން ގެންގޮސްފައި އެވެ.

އިންޑިއާ ހައި ކޮމިޝަނުން ބުނީ މިހާތަނަށް 2،000އަށްވުރެ ގިނަ އިންޑިއާ މީހުން އަނބުރާ ފުރުވާލައިފަ ވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް