ކުރީގެ ހައުސިން މިިނިސްޓަރު އާތިފާއަށް ރައީސާއި ވަޒީރުން ޝުކުރު އަދާ ކުރައްވައިފި

ބުދަ ދުވަހު ހައުންސިން މިނިސްޓަރުކަމުން އިސްތިއުފާ ދެއްވި އާމިނަތު އާތިފާ އަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ޝުުކުރު އަދާކުރައްވައިފި އެވެ. އިއްޔެ އޮޮންލައިންކޮށް ބޭއްވި ވަޒީރުންގެ...

12 Jun 2020 | 11:52

ބުދަ ދުވަހު ހައުންސިން މިނިސްޓަރުކަމުން އިސްތިއުފާ ދެއްވި އާމިނަތު އާތިފާ އަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ޝުުކުރު އަދާކުރައްވައިފި އެވެ.

އިއްޔެ އޮޮންލައިންކޮށް ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ރައީސް ސޯލިހު ވަނީ ވަޒީރު ކަމުގައި ހުންނަވައިގެން އާތިފާ ކޮށްދެއްވި އިހްލާސްތެރި މަސައްކަތަށް ޝުކުރު އަދާ ކުރައްވާފައި އެވެ. ރައީސް ވިދާޅުވީ މިނިސްޓަރު ކަމުގައި ހުންނަވައިގެން އޭނާ ވަނީ ވަޒީރުންގެ މަޖިިލީހަށް ރަނގަޅު ލަފާއާއި، އެއްބާރުލުމާއި އެހީތެރިކަން ދެއްވާފައި އެވެ.

މި ބައްދަލުވުމުގައި މިނިސްޓަރުން ވިދާޅުވީ އެ މަޖިލީހުގައި އެކަމަނާއާ އެކުގައި މަސައްކަތް ކުރެއްވުމަކީ، އެބޭފުޅުންނަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި އެކަމަނާ އެމަގާމުން އިސްތިއުފާ ދެއްވީ ސިއްހީ ހާލުކޮޅު ހުރިގޮތުން އެ މަގާމުގެ ވާޖިބުތައް އަދާކުރެއްވުމަށް އުޒުރުވެވަޑައިގަންނަވާތީ ކަމަށްވުމާއެކު، އެކަމަނާއަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންނެވިއެވެ.

އާތިފާ މަގާމުން އިސްތިއުފާ ދެއްވުމާއި އެކު ރައީސް ސޯލިހު ވަނީ ހައުސިން މިނިސްޓްރީ އުވާލާފައި އެވެ. އަދި އެ މިނިސްޓްރީގެ ދަށުން މަސައްކަތް ކުރަމުންދިޔަ ހުރިހާ މުވައްޒަފުން ވަނީ ޕްލޭނިން މިނިސްޓްރީއަށް ބަދަލުކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް