އިންޑަސްޓްރިއަލް ޒޯންގެ މަގުތައް ސިޓީ ކައުންސިލާއި ހަވާލުކޮށްފި

މާލޭ އިންޑަސްޓްރިއަލް ޒޯންގެ މަގުތައް ސިޓީ ކައުންސިލާއި ހަވާލު ކޮށްފި އެވެ. މީގެ ކުރިން އެ ސަރަހައްދު އޮތީ ޕްލޭނިން މިނިސްޓްރީގެ ބެލުމުގެ ދަށުގައި އެވެ. އެ ތަން ސިޓީ ކައުންސިލާއި ހަވާލުކޮށްފައިވަނީ މި...

12 Jun 2020 | 11:30

މާލޭ އިންޑަސްޓްރިއަލް ޒޯންގެ މަގުތައް ސިޓީ ކައުންސިލާއި ހަވާލު ކޮށްފި އެވެ.

މީގެ ކުރިން އެ ސަރަހައްދު އޮތީ ޕްލޭނިން މިނިސްޓްރީގެ ބެލުމުގެ ދަށުގައި އެވެ. އެ ތަން ސިޓީ ކައުންސިލާއި ހަވާލުކޮށްފައިވަނީ މިދިޔަ ބުދަ ދުވަހު އެވެ.

އިންޑަސްޓްރިއަލް ޒޯން ސިޓީ ކައުންސިލާއި ހަވާލު ކުރުމުން އެ ކައުންސިލުން ވަނީ އެ ސަރަހައްދު ސާފު ކުރުމުގެ މަސައްކަތް ފަށާފައި އެވެ. ސިޓީ ކައުންސިލުން އެ ތަން ސާފު ކުރަމުންދަނީ ވެމްކޯ އާއި ހަވާލުކޮށްގެންނެވެ.

ކައުންސިލުން ބުނީ އެ ސަރަހައްދުގެ މަގުތައް ސާފު ކުރުން ކައުންސިލާއި ހަވާލުކޮށްފައި މިވަނީ އެ ސަރަހައްދުގައި ކުނި ގިނަ ކަމުން އެ ކަމުގެ ޝަކުވާ އާންމުން ކުރަމުން ދަނިކޮށް ކަމަށެވެ.

https://twitter.com/MaleCitymv/status/1271032073222893568

އެ ސަރަހައްދު ސާފުު ކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފެށީ އިރު އެތަނުގެ ބިންތައް ކުއްޔަށް ދިން ފަހުން އެ ސަރަހައްދުގެ ސާފުތާހިރުކަން ވަނީ ގެއްލިފައި އެވެ. ގޭގެއިން އުކާލާ ކުންޏާއި އެނޫންވެސް ތަކެތިން އިންޑަސްޓްރިއަލް ޒޯންގެ ބޮޑު ސަރަހައްދެއް އޮތޯ ފުރިފައި އެވެ.

އަދި ބާވެ ހަލާކުވެފައިވާ އެއްގަމު އުޅަނދުތައްވެސް އެ ސަރަހައްދުގައި ގިނަ އަދަދަކަށް ހިމެނެ އެވެ. އޭގެ ތެރޭގައި ކާރާއި ޕިކަޕު ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް