މިދިޔަ މަހު މީރާއަށް ލިބުނު އާމްދަނީ 81 ޕަސެންޓު ދަށްވެއްޖެ

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މިދިޔަ މަހު ލިބުނު އާމްދަނީ 81 ޕަސެންޓު ދަށްވެއްޖެ އެވެ. މީރާއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ މަހު މީރާ މެދުވެރިކޮށް ދައުލަ...

12 Jun 2020 | 10:26

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މިދިޔަ މަހު ލިބުނު އާމްދަނީ 81 ޕަސެންޓު ދަށްވެއްޖެ އެވެ.

މީރާއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ މަހު މީރާ މެދުވެރިކޮށް ދައުލަތަށް ލިބިފައިވަނީ 206.28 މިލިއަން ރުފިޔާއެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާއި އަޅާ ބަލާއިރު 81 ޕަސެންޓު ދަށް އަދަދެކެވެ.

އެ އިދާރާއިން ބުނީ މިދިޔަ މަހު ލިބުނު އާމްދަނީ އެހާ ބޮޑަށް ދަށްވެފައިވަނީ ކޯވިޑް-19 އާއިގުޅިގެން އިއުލާންކޮށްފައިވާ ލޮކްޑައުންގެ ސަބަބުން ޓެކްސް ސުންގަޑިތައް ފަސްކޮށްފައިވާތީ ކަމަށެވެ. އަދި ރާއްޖެއަށް އަލަށް ޓޫރިސްޓުން ނާންނާތީ އެވެ.

މިދިޔަ މަހު ލިބުނު އާމްދަނީގެ ތެރެއިން 55 ޕަސެންޓަކީ ޖީއެސްޓީގެ ގޮތުގައި ލިބުނު ފައިސާ އެވެވެ. އެހެނިހެން ފީގެ ގޮތުގައި 13.2 ޕަސެންޓު ހިއްސާ ކުރެ އެވެ. އަދި އިންކަމް ޓެކްސްގެ ގޮތުގައި ލިބުނު ފައިސާ 9.7 ޕަސެންޓު ހިއްސާ ކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް