ޓްރާންސިޓް ފެސިލިޓީއެއްގައި ހުރި އައްޑުއަށް ނިސްބަތްވާ އުމުރުން ދުވަސްވީ އަންހެނަކު ކޯވިޑް-19އަށް ޕޮސިޓިވް ވެއްޖެއެވެ.
މީޑިއާތަކަށް މައުލޫމާތުދެއްވަމުން ކޯވިޑް19ގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ އެއީ ޓްރާންސިޓް ކަރަންޓީނުގައި ހުރި އަންހެނެއް ކަމަށާއި އޭނާ ޕޮޒިޓިވް ވީ އައްޑޫ ކަރަންޓީން ފެސިލިޓީގައި ކަމަށެވެ.
މަބްރޫކް އިތުރަށް ވިދާޅުވީ އައްޑޫ އިކުއިޓޯރިއަލް ވިލެޖް ކަރަންޓިން ފެސިލިޓީގައި މި އަންހެން މީހާ ހުރީ އޭނާގެ މާމަ ދަރިއާއެކުގައި ކަމަށާއި މާމަ ދަރީގެ ނަތީޖާ ނެގަޓިވް ކަމަށެވެ.
އަދި މި އަންހެން މީހާ ޕޮޒިޓިވް ވީ 15 ދުވަސް ހަމަވެ ޓެސްޓް ކުރުމުން ކަމުގައިވެސް މަބްރޫކް ވިދާޅުވިއެވެ.
ތަފްސީލް އަންނަނީ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް