ކޯވިޑް-19 ގެ މި ހާލަތުގައި ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އެ ބިދޭސީންގެ ގައުމަށް ފޮނުވާލުމަށް ކުރިއަށްގެންދާ މަސައްކަތުގެ ދަށުން އަދި ކޯވިޑް-19ގެ މި ހާލަތުގައި އަނބުރާ ގައުމަށް ދާން ބޭނުންވާ ބިދޭސީން ފޮނުވާލުމުގެ މަސައްކަތުގެ ދަށުން ބަންގްލަދޭޝް އަށް ނިސްބަތްވާ އިތުރު 200 މީހަކު ފޮނުވާލައިފިއެވެ.
ގައުމީ އެއާލައިން، މޯލްޑިވިއަނުން ބުނެފައިވާގޮތުގައި އެގޮތުން ބަންގްލަދޭޝަށް ނިސްބަތްވާ 200 މީހުން ގޮވައިގެން ބަންގްލަދޭޝްގެ ވެރިރަށް ދާކާއަށް، މޯލްޑިވިއަންގެ ފްލައިޓެއް މީގެ އިރުކޮޅެއް ކުރިން ވަނީ ފުރާފައެވެ.
މިކަމުގެ އެންމެ ފަހުގެ މައުލޫމާތު ދުވަހަށް ހިއްސާކުރަމުން، ފޮރިން މިނިސްޓްރީގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަންސް މިއުވާން މުހައްމަދު ވިދާޅުވީ މިއަދު 200 މީހަކު ފޮނުވާލާފައިވާއިރު ގަވާއިދާ ހިލާފަށް ރާއްޖޭގައި، ބަންގްލަދޭޝަށް ނިސްބަތްވާ 2100 މީހަކު އެ ގައުމަށް ފޮނުވާލެވިފައިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް