ހއ. އުލިގަމުން ކޯވިޑް-19 އަށް ޕޮސިޓިވްވި މީހާ ބަލިން ރަނގަޅުވެއްޖެ އެވެ.
މިއަދު ބަލިން ރަނގަޅުވީ52 ވަނައަށް ޕޮސިޓިވްވި މީހާ އެވެ. އެއީ އުލިގަމުން ޕޮސިޓިވްވި އުމުރުން27 އަހަރުގެ މީހާ އެވެ. އެއީ ފިރިހެނެކެވެ.
އެމީހާއަށް ބަލި ޖެހިފައިވާކަން އެނގިފައިވަނީ މިދިޔަ އޭޕްރިލް މަހުގެ19 ވަނަ ދުވަހު ރަށުގައި ހުއްޓައެވެ. އޭނާއަށް ބަލި ޖެހިފައިވަނީ މާލެއިން ކަމަށް އެޗްޕީއޭއިން ބުނެ އެވެ.
އެމީހާ އަކީ މާލެ ފިޔަވާ އަތޮޅު ތެރޭގެ ރަށަކުން ފުރަތަމަ ކޯވިޑަށް ޕޮސިޓިވްވި މީހާ އެވެ. އެކަމަކު އެމީހާގެ ގައިން އެ ރަށު ނުވަތަ އާއިލާގެ އެއްވެސް މީހަކަށް ބަލި އަރާފައެއް ނުވެ އެވެ.
ކޯވިޑަށް ޕޮސިޓިވްވާ މީހުން ބަލިން ރަނގަޅުވި ކަމަށް ކަނޑައަޅަނީ14 ދުވަހުގެ ކަރަންޓީން މުއްދަތެއް ފުރިހަމަ ކުރުމަށް ފަހު ބަލީގެ ހުރިހާ އަލާމާތެއް ފިލައި ދިއުމުން ދެ ފަހަރު ކޯވިޑަށް ޓެސްޓުކޮށް ދެ ޓެސްޓުގެ ނަތީޖާ ނެގެޓިވްވުމުންނެވެ. އެމީހާ ބަލިން ރަނގަޅުވި ކަމަށް ބަލައި ދޫކޮށްލާނީ އޭގެ ފަހުން އިތުރު14 ދުވަހު އައިސޮލޭޝަން މުއްދަތެއް ފުރިހަމަ ކޮށްފައި އެވެ.
މި މީހާ އާއި އެކު ކޯވިޑުން ރަނގަޅުވި މީހުންގެ އަދަދު ވަނީ32 އަށް އަރާފައި އެވެ.
މިހާތަނަށް މާލެ ފިޔަވާ ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވާ މީހުން ފެނިފައިވަނީ ށ. ނަރުދޫ އާއި މިލަންދޫ، ހއ. ތަކަންދޫ އާއި އުލިގަމު އަދި ނ. މަނަދޫ އާއި ކ. ތުލުސްދޫ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް