ސިފައިންގެ 40 އަށްވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައިވޭ: ޗީފް އޮފް ޑިފެންސް ފޯސް

ސިފައިންގެއިން 40 އަށްވުރެ ގިނަ މީހުން ކޯވިޑް-19 އަށް މިހާތަނަށް ޕޮޒިޓިވް ވެފައިވާކަން ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް މިއަދު ހާމަކުރައްވައިފިއެވެ. އޭނާ މިކަން ހާމަކުރެއްވީ މީޑިއާ...

12 May 2020 | 14:48

ސިފައިންގެއިން 40 އަށްވުރެ ގިނަ މީހުން ކޯވިޑް-19 އަށް މިހާތަނަށް ޕޮޒިޓިވް ވެފައިވާކަން ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް މިއަދު ހާމަކުރައްވައިފިއެވެ.

އޭނާ މިކަން ހާމަކުރެއްވީ މީޑިއާތައް މެދުވެރިކޮށް މިއަދު ދެއްވި އިންޓަވިއުއެއްގައެވެ.

ޝަމާލް ވިދާޅުވީ އެހެން ނަމަވެސް ސިފައިން ތިބީ ފަހަތަށް ޖެހޭގޮތަށް ނޫން ކަމަށާއި ސިފައިންނަކީ ރިސްކު ނަގައިގެން ރިސްކުގައި މަސައްކަތް ކުރާނެ ބައެއް ކަމަށެވެ. އަދި މިކަމުން ގައުމު ސަލާމަތް ކުރުމުގައި އެންމެ ފަހު މީހާއާއި ހަމަހަށް ދެމިތިބޭނެކަން ތަކުރާރުކޮށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކުރިއަށް އޮތް ސާޖަށްވެސް ސިފައިން މިހާރު ތިބީ ތައްޔާރަށް ކަމަށާއި އެކަމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

ކޯވިޑް-19ގެ މި ހާލަތުގައި ބޭނުންވާ އައިސޮލޭޝަން އަދި ކަރަންޓީނު ފެސިލިޓީތައް ގާއިމު ކުރުމުގެ އިތުރުން، އެ ފެސިލިޓީސްތައް މެނޭޖް ކުރުމުގައްޔާއި ސީ އެމްބިއުލާންސް ތަކުގެ އިތުރުން ކަރަންޓީން ފެސިލިޓީސްތަކުން ދޫކޮށްލެވޭ މީހުން ރަށްރަށަށް ގެންދިއުމުގައިވެސް ސިފައިން ހަރަކާތްތެރިވަމުން އަންނަކަން ޝަމާލް ފާހަގަކުރެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް