ކޯވިޑް-19 ކޮންޓްރޯލްކޮށް މި ހާލަތާއި ގުޅިގެން ސަރުކާރުގެ ހަރަދުތަކާއި އެނޫން އިންތިޒާމްތައް ހަމަޖެއްސުމަށް ގެންގުޅޭ ސިޔާސަތުތަކަށް އިދިކޮޅު ކޯލިޝަނުން ތާއީދު ކުރާ ކަމަށް ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވި ވާހަކަ ޕީޕީއެމް/ ޕީއެންސީން ދޮގުކޮށްފި އެވެ.
ޝެއިހް އިމްރާން އިއްޔެ ނޫސްވެރިންނާއި ބައްދަލު ކުރައްވާ ވިދާޅުވީ އިދިކޮޅުގައި އިސްކޮށް އުޅުއްވާ ހުރިހާ ބޭފުޅުން ކޯވިޑާއި ގުޅިގެން އަޅަމުންދާ ސިޔާސަތުތަކަށް ތާއީދު ނުކުރި ނަމަވެސް އިދިކޮޅު މައި ޕާޓީތަކުގެ ވެރިން އެ ސިޔާސަތުތަކަށް ތާއީދު ކުރައްވާ ކަމަށެވެ. އެގޮތުން އިދިކޮޅުގެ އެންމެ އިސްވެރިއެއްގެ ގޮތުން މަސައްކަތް ކުރައްވާ ބޭފުޅަކު ފޯނުން ގުޅުއްވައި ކޯވިޑާއި ގުޅޭ ސިޔާސަތުތައް ރަނގަޅު ކަމަށް ވިދާޅުވި ކަމަށެވެ.
ޕީއެންސީގެ ރައީސް އަދި ކުރީގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުﷲ އަބްދުއް ރަހީމް މިކަމާ ގުޅޭގޮތުން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސަރުކާރުގެ އެއްވެސް ސިޔާސަތަކަށް އިދިކޮޅު ޕީޕީއެމް/ ޕީއެންސީން އަދި އޭނާވެސް ތާއީދު ނުކުރާ ކަމަށެވެ. އަދި ކޯވިޑް-19 ގެ ސިޔާސަތުތަކަށްވެސް ތާއީދު ނުކުރާ ކަމަށެވެ.
ޝެއިހް އިމްރާން އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޓެގް ކުރައްވާ ކުރެއްވި އެ ޓުވީޓުގައި ބުނެފައިވަނީ ތެޅުނު ވަރަކަށް ދާނީ ހުޅުބު ކަމަށެވެ. މިއީ ވަރަށް ވާހަކަ ކަމަށާއި ބޮޑުތަކުން ސަރުކާރު ފެއިލްވެފައިވާ ކަމަށެވެ.
https://twitter.com/Banafsaa/status/1259852624221921280
އަދި ސަރުކާރު ފެއިލްވެފައިވާ ވާހަކަ ދައްކާ، އިހުމާލާއި ގޯސްތަކުގެ ވާހަކަ ދައްކާ މީހުންގެ އަނގަ ބަންދު ކުރަން އުޅުނަކަސް އެކަން ނުވާނެ ކަމަށެވެ. އޭނާ ވިދާޅުވީ ސަރުކާރު ފެއިލްވެފައިވާ ކަމަށް ސަރުކާރުގެ ވެރިން އަމިއްލައަށް ގަބޫލް ކުރައްވާ ކަމަށެވެ.
އިދިކޮޅުން ގެންދަނީ މި ދަނޑިވަޅު ސަރުކާރުގެ އިހްލާސްތެރިކަމެއް ހުރި ނަމަ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގޭ ބަންދަށް ބަދަލު ކޮށްދިނުމަށް ތަކުރާރުކޮށް ގޮވާލަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް