މާލޭ ސިޓީގެ ލޮކް ޑައުންއާއި ގުޅިގެން ރަށަށް ނުދެވި ތާށިވެފައި ތިބި މީހުންނަށް ދައުލަތުން ހަރަދު ދިނުމާއި ފްރޮންޓްލައިންގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ކޯވިޑަށް ހާއްސަ އެލަވެންސްއެއް ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާހެއް ނުވި އެވެ.
މި އިސްލާހު ހުށަހެޅުއްވީ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް އެވެ. ޝިޔާމް އެގޮތަށް އިސްލާހު ހުށަހެޅުވީ ކޯވިޑް-19 ގެ ހާލަތާއި ގުޅިގެން މަޖިލީހުން ދެކޭގޮތް ކަނޑައެޅުމަށް މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއިން ތައްޔާރު ކުރި ރިޕޯޓަށެވެ.
ޝިޔާމްގެ ދެ އިސްލާހަށް ލިބުނީ12 ވޯޓެވެ. އެ އިސްލާހު ތަކާއި ދެކޮޅަށް40 މެންބަރުން ވޯޓު ދެއްވި އެވެ.
މި އިސްލާހުތައް ފާސް ނުވި ނަމަވެސް މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއިން ކޯވިޑާ ގުޅިގެން ދެކޭގޮތް ކަނޑައަޅައި ތައްޔާރު ކުރި ރިޕޯޓު ވަނީ މަޖިލީހުން ފާސްކޮށްފަ އެވެ. މި ރިޕޯޓަކީ އިންސާނީ ހައްގާއި ކުޑަކުދިންނާއި އަންހެނުންގެ ހައްގުތަކަށް އިސްކަން ދިނުމަށް ރިއާޔަތް ތައްޔާރުކޮށްފައިވާ ތަފްސީލީ ރިޕޯޓެކެވެ.
މި ރިޕޯޓަކީ ކޯވިޑް-19 އާއި ގުޅިގެން ދިމާވެފައިވާ ކަންކަމުގައި އަންހެނުންގެ ވަޒީފާ ގެއްލުމާއި އާމްދަނީ ލިބޭނެ މަގުތައް ބަންދުވެފައިވާކަން ފާހަގަކޮށްފައިވެ އެވެ. އަދި ބައްޔަށް ޕޮސިޓިވވެގެން ބައިތިއްބާ ކުދިންގެ މައިންބަފައިން ނުވަތަ ބެލެނިވެރިން ހާލު ދެރަވެ އެކުދިންނަށް އަޅާނުލެވޭ ފަދަ ގޮތެއް މެދުވެރިވެއްޖެ ނަމަ އެފަދަ ސެންޓަރުތަކުން އެ ކުދިންނާ މެދު އަމަލުކުރާނެ އުސޫލެއް އެލަވާލައި އެހާލަތަށް ތައްޔާރުވާން އިންތިޒާމުތައް ހަމަޖައްސަން ވެސް ވަނީ އެދިފަ އެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް