ވިއްސާރަ ކުރަނީ ކޮޅިގަނޑަކާއި، ލޯޕްރެޝާ ޓްރަފެއް އުފެދި ހުޅަނގު މޫސުން ފެށޭތީ

މި ދުވަސްވަރު މޫސުން ގޮސްވެ ވިއްސާރަ ކުރަމުންދަނީ ރާއްޖޭގެ އިރު ދެކުނުގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން ކަމަށް މޯލްޑިވްސް މީޓްރޮލިޖިކަލް ސާވިސްއިން ބުނެފި އެވެ. މެޓް އޮފީހުން ބުނީ މި ކޮޅިގަނޑުގ...

12 May 2020 | 07:48

މި ދުވަސްވަރު މޫސުން ގޮސްވެ ވިއްސާރަ ކުރަމުންދަނީ ރާއްޖޭގެ އިރު ދެކުނުގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން ކަމަށް މޯލްޑިވްސް މީޓްރޮލިޖިކަލް ސާވިސްއިން ބުނެފި އެވެ.

މެޓް އޮފީހުން ބުނީ މި ކޮޅިގަނޑުގެ ސަބަބުން އަތޮޅުތަކަށް ގިނަ އަދަދަކަށް ވިއްސާރަ ވިލާ އަރަމުންދާ ކަމަށެވެ. ދެކުނުގައި އުފެދިފައިވާ ލޯޕްރެޝާ ޓްރަފް ސަބަބުން އެ ސަރަހައްދުގައިވެސް ވިއްސާރަ ވިލާ ގިނަ އަދަދަކަށް ދަނީ އުފެދެމުންނެވެ.

މެޓް އޮފީހުން ބުނީ މި ދެ ކަމުގެ އިތުރުން ކޮންމެ އަހަރެއްވެސް މި ދުވަސްވަރަކީ ރާއްޖެއަށް ހުޅަނގު މޫސުމުގެ ވިއްސާރަ ކުރަން ފަށާ ދުވަސް ވަރު ކަމަށެވެ. އެހެން ކަމުން މި ހަފްތާގައި ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާ ކުރެ އެވެ.

މެޓް އޮފީހުން ބުނީ މިހާރު ކުރަމުންދާ ވިއްސާރައިގަ ހުރިހާ ސަރަހައްދަކަށް ގުގުރުމާއި އެކު ބޯކޮށް ވާރޭވެހޭނެ އެވެ. އަދި ދެކުނާއި މެދު ރާއްޖެ ތެރެއަށް ވައި ގަދަވެ ކަނޑުވެސް ގަދަވާނެ ކަމަށް ލަފާ ކުރެ އެވެ.

މެޓް އޮފީހުން މިހާރުވެސް އޮތީ ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހުދު އެލާޓު ނެރެފަ އެވެ. އެގޮތުން ފ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ދެމެދުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާ ކުރެ އެވެ.

މެޓް އޮފީހުން ވަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް