ކޯވިޑް-19ގެ މި ހާލަތުގައި އިންޑިއާއިން ނާދެވި އެ ގައުމުގައި ތާށިވެފައިތިބި 235 ދިވެއްސަކު ރޭ ރާއްޖެ ގެނެސްފިއެވެ.
އިންޑިއާގެ އެކި ސިޓީތަކުން 235 ދިވެއްސަކު ރާއްޖެ ގެނެސްފައިވަނީ މޯލްޑިވިއަންގެ ދެ ފްލައިޓެއްގައެވެ. އެގޮތުން އެއް ފްލައިޓް ދަތުރުކުރީ ނިއުދިއްލީންނެވެ. އެ ފްލައިޓްގައި 185 މީހަކު ގެނެސްފައިވެއެވެ. ދެވަނަ ފްލައިޓް ޓްރިވެންޑްރަމުން ފުރިއިރު އެ ފްލައިޓްގައި 50 ދިވެއްސަކު ގެނެސްފައިވެއެވެ.
އުސޫލެއްގެ ގޮތުން މި އެންމެންވެސް 14 ދުވަހުގެ ކަރަންޓީނު މުއްދަތެއް ފުރިހަމަ ކުރަންޖެހޭނެއެވެ. އެހެންކަމުން އެ ފަރާތްތައް މިހާރުވަނީ ކަރަންޓީނު ފެސިލިޓީސްތަކަށް ގެންގޮސްފައެވެ.
https://twitter.com/MaldivianAero/status/1259912938325975040
ކޯވިޑް-19ގެ މި ހާލަތުގައި އެކި ގައުމުތަކުގައި ތާށިވެފައިތިބި ދިވެހިން ގެނައުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ. އެގޮތުން މިހާތަނަށް ލަންކާ، ނޭޕާލް، ފިލިޕިންސް އަދި އިންޑިއާގެ އިތުރުންވެސް ބައެއް ގައުމުތަކުން ދިވެހިން ގެނެސްފައިވެއެވެ. ކުރިއަށް އޮތްތާނގައިވެސް މިފަދަ ފްލައިޓްތަކެއް އިންތިޒާމު ކުރެވޭތޯ މަސައްކަތްކުރަމުން އަންނަކަމަށް ސަރުކާރުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް