ރާއްޖެއިން މިއަދު ކޯވިޑް-19އަށް ފައްސިވީ 84 މީހުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
މިއަދު ރާއްޖެއިން ކޯވިޑަށް ޕޮސިޓިވްވެފައިވަނީ މާލެއިން 32 މީހުންނާއި އަތޮޅު ތެރެއިން 37 މީހުންނެވެ. ދެން ޕޮސިޓިވް ވެފައިވަނީ ރިސޯޓުތަކުން 13 މީހުންނެވެ. ލިވަބޯޑްސް ތަކުން ދެ މީހުންނެވެ.
ކޯވިޑް-19 އަށް މިއަދު ޓެސްޓުކޮށްފައިވަނީ 2،216 ސާމްޕަލެވެ.
މިވަގުތު ކޯވިޑަށް ފަރުވާ ދެމުން ދަނީ 2،827 މީހުންނަށެވެ. އޭގެ ތެރެއިން 64 މީހުންނަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްގައެވެ.
ކޯވިޑް ޖެހުނު މީހުންގެ ތެރެއިން 22،796 މީހުން ވަނީ ބަލިން ރަނގަޅުވެފައި އެވެ. މި ބަލީގައި ނިޔާވެފައިވަނީ 67 މީހުންނެވެ.
ރާއްޖެއިން މިހާތަނަށް ކޯވިޑް ޖެހިފައިވަނީ 25،701 މީހުންނަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް