އުރީދޫގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް "އާޗާ ޕޯސްޓްޕެއިޑް" ޕެކޭޖުތަކެއް

އުރީދޫ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު ޑޭޓާ އާވެގެންދާ އާޗާ ޕޯސްޓްޕެއިޑް ޕްލޭންތަކެއް އުރީދޫ މޯލްޑިވްސްއިން މިއަދު ތައާރަފްކޮށްފިއެވެ. މި އާ ޕްލޭންތައް މެދުވެރިކޮށް ކޮންމެ ދުވަހަކު ދެ ޖީ...

12 Apr 2021 | 17:49

އުރީދޫ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު ޑޭޓާ އާވެގެންދާ އާޗާ ޕޯސްޓްޕެއިޑް ޕްލޭންތަކެއް އުރީދޫ މޯލްޑިވްސްއިން މިއަދު ތައާރަފްކޮށްފިއެވެ.

މި އާ ޕްލޭންތައް މެދުވެރިކޮށް ކޮންމެ ދުވަހަކު ދެ ޖީބީ އިން ފެށިގެން ހަ ޖީބީ އާއި ހަމައަށް ޑޭޓާ އާވެގެންދާނެ އެވެ. އަދި އަންލިމިޓަޑް އުރީދޫ ކޯލްސް ލިބިގެންދާނެއެވެ.

އުރީދޫގެ އެކްޓިން ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ ކަސްޓަމަރުންގެ ބަދަލުވަމުން އަންނަ ބޭނުންތަކާ އެއްގޮތަށް ޕްރޮޑަކްޓް ޕޯޓްފޯލިއޯއަށް ބަދަލު ގެނެސް އަޕްގްރޭޑް ކުރުމަކީ މުހިންމު ކަމެއްކަމަށް ދެކޭ ކަމަށެވެ. އޭނާ ވިދާޅުވީ އުރީދޫއިން އަަބަދުވެސް މަަސައްކަތްކުރަނީ ބޮޑެތި ފައިދާތަކެއް އެކުލަވައިލައިގެން ފެންވަރު ރަނގަޅު ޙިދުމަތްތަކެއް ހެޔޮ އަގުގައި ފޯރުކޮށްދިނުމަށް ކަމަށެވެ.

"ދާދި ފަހުން އަޅުގަނޑުމެން ތައާރަފްކުރި އާޗާ ޕްރިޕެއިޑް ޕޯޓްފޯލިއޯ އަށް ވަނީ ވަރަށް ބޮޑު މަގްބޫލުކަމެއްލިބިފަ. ހަމަ އެފަދައިން މިއަދު މި ލޯންޗްކުރެވުނު އާޗާ ޕޯސްޓްޕެއިޑް ޕްލޭންތަކާއެކު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ. އަންލިމިޓަޑް އުރީދޫ ކޯލްސްގެ އިތުރުން ކޮންމެ ދުވަހަކު ޑޭޓާ އައުވެގެން ދާދިއުމުން ކަސްޓަމަރުންނަށް ޑޭޓާ ބޭނުންކުރެވޭވަރު ފަސޭހައިން މެނޭޖްކުރެވި ހެޔޮ އަގެއްގައި ކޮންމެ ދުވަހަކުވެސް އިންޓަނެޓް ބޭނުންކުރުން ފަހިވެގެންދާނެ." ނިޔާޒް ވިދާޅުވިއެވެ.

އާޗާ ޕޯސްޓްޕެއިޑާއެކު މަހަކު 600 ރުފިޔާ ދައްކާ ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު ދެ ޖީބީ ޑޭޓާ ލިބޭނެ އެވެ. އެއީ ސޯޝަލް މީޑިއާއަށް ހާއްސަ އެއް ޖީބީއާއި އެހެނިހެން ކަންކަމަށް ހާއްސަ އެއް ޖީބީ ޑޭޓާ އެވެ. އަދި 800 ރުފިޔާގެ ޕެކޭޖު ނަގާ ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު ހަތަރު ޖީބީ ޑޭޓާ ލިބޭއިރު 1000 ރުފިޔާގެ ޕެކޭޖު ނަގާ ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު ހަ ޖީބީ ޑޭޓާ ލިބޭނެ އެވެ.

އުރީދޫގެ ޕޯސްޓްޕެއިޑް ޕްލޭންތަކުގެ ތެރޭގައި އާއްމު ގޮތެއްގައި 1000 ރުފިޔާ އަށް ލިބޭނީ 30 ޖީބީ ޑޭޓާ އެވެ. ނަމަވެސް އާޗާ ޕްލޭންގެ ދަށުން މަހެއްގެ މައްޗަށް 180 ޖީބީ ލިބިގެންދާނެ އެވެ.

މިއީ ކުރީ ޕްލޭންތަކާ އަޅާ ބަޅާއިރު ތިން ގުނަ އިތުރުވުމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް