އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް) އަށް ބީއެމްއެލްއިން 100،000 ރުފިޔާ ހަދިޔާ ކޮށްފި އެވެ.
ބީއެމްއެލް އިން އެ ފައިސާ ހަދިޔާކޮށްފައި ވަނީ އާކްއިން ހިންގާ އާކް އެއިޑް ޕްރޮގްރާމަށެވެ. އާކް އެއިޑް ޕްރޮގްރާމްގެ ދަށުން އެހީތެރިކަން ބޭނުންވާ ކުދިންނާއި އެކުދިންގެ އާއިލާތަކަށް އަންނަނީ އަސާސީ ކާބޯތަކެތި ފޯރުކޮށްދެމުންނެވެ.
މިފަހަރުގެ އެހީ ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ މާދަމާ ފެށޭ ރޯދަ މަހު އެ ޖަމިއްޔާއިން ހިންގާ ހަރަކާތްތަކުގައި އެވެ. އެގޮތުން މި ފައިސާއިން މާލޭ ސިޓީގައި ދިރިއުޅޭ 70 އާއިލާއެއްގެ 150 ކުދިންނަށް ކާބޯތަކެތީގެ އެހީ ދިނުމަށް ހަމަޖެހިފަ ވެ އެވެ.
މިދިޔަ އަހަރު ވެސް ބޭންކުން ވަނީ ކޯވިޑް-19ގެ ސަބަބުން އެހީއަށް ބޭނުންވާ ކުދިންނަށް އެހީތެރިވުމަށް އާކް އެއިޑް ޕްރޮގްރާމަށް 200،000 ރުފިޔާ ހަދިޔާކޮށްފަ އެވެ.
އެ އެހީގެ ދަށުން ރާއްޖޭގެ 14 ރަށެއްގައި ދިރިއުޅޭ 300 އާއިލާއެއްގެ 587 ކުދިންނަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް