ގަލޮޅު މެދު ދާއިރާގެ ވޯޓު އަލުން ގުނައިދޭން އެމްއާރުއެމްއިން އެދެފި

މާލޭ ސިޓީ ކައުންސިލް ގަލޮޅު މެދު ދާއިރާގެ ވޯޓު ފޮށިތައް އަލުން ގުނައިދޭން މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް) އިން އިލެކްޝަންސް ކޮމިޝަންގައި އެދިއްޖެ އެވެ. އެ ދާއިރާއަށް ވާދަ ކުރީ އެމްޑީޕީގެ ކ...

12 Apr 2021 | 15:31

މާލޭ ސިޓީ ކައުންސިލް ގަލޮޅު މެދު ދާއިރާގެ ވޯޓު ފޮށިތައް އަލުން ގުނައިދޭން މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް) އިން އިލެކްޝަންސް ކޮމިޝަންގައި އެދިއްޖެ އެވެ.

އެ ދާއިރާއަށް ވާދަ ކުރީ އެމްޑީޕީގެ ކެންޑިޑޭޓު މަރިޔަމް ރީހާން ނާޒިމް އެވެ. އެމްއާރުއެމްއިން އެގޮނޑިއަށް ވާދަ ކުރީ ޝަމްސިއްޔާ އުމަރެވެ.

އިލެކްޝަންސް ކޮމިޝަންގެ ވަގުތީ ނަތީޖާ ދައްކާގޮތުން ގަލޮޅު މެދު ދާއިރާއިން ރީހާންއަށް ލިބިފައިވަނީ 417 ވޯޓެވެ. ޝަމްސިއްޔާއަށް ލިބިފައިވަނީ 391 ވޯޓެވެ. އަދި 219 ވޯޓު ބާތިލް ވޯޓުގެ ގޮތުގައި ހިމެނެ އެވެ.

އެމްއާރުއެމްއިން ބުނީ ވޯޓު އަލުން ގުނައިދޭން އެދި އީސީއަށް އެ ޕާޓީން ސިޓީ ފޮނުވާފައިވާ ކަމަށެވެ. އެކަމަކު އަދި ޖަވާބު ނުލިބޭކަމަށް ބުނެ އެވެ.

އެ ޕާޓިން ބުނީ ވޯޓު ފޮށިތައް އަލުން ގުނައިދޭން އެދުނީ ބާތިލު ވޯޓު ގިނަ ވުމުގެ އިތުރުން، ދެ ކެންޑިޑޭޓުންގެ ވޯޓުގެ ފަރަގު ކުޑަކަމުން ކަމަށް ބުނެފައިވެ އެވެ.

މާލޭ ސިޓީ ކައުންސިލްގެ ހަތަރު ދާއިރާއެއްގެ ވޯޓު ގުނައިދޭން އެމްޑީޕީންވެސް އިއްޔެ އެދިފައިވެ އެވެ.

އެއީ މެދު ހެންވޭރު ދާއިރާ އާއި ހެންވޭރު ދެކުނު ދާއިރާ އާއި މާފަންނު ހުޅަނގު އުތުރުގެ އިތުރުން، މައްޗަންގޮޅި އުތުރު ދާއިރާ އެވެ. އެ ދާއިރާތަކުގައި އެމްޑީޕީ އަދި ޕީޕީއެމްގެ ކެންޑިޑޭޓުންގެ ފަރަގު ވަރަށް ކުޑަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް