ރޯދަ މަހު ކުނި ނެރެންޖެހޭ ގަޑިއަށް ބަދަލު ގެނެސްފި

މާދަމާ ފެށޭ ރަމަޟާން މަހު މާލޭ ސިޓީގައި ގޭބިސީތަކުން ކުނި ނެރެން ޖެހޭ ގަޑިއަށް ވެމްކޯއިން ބަދަލު ގެނެސްފި އެވެ. އެކުންފުނިން މިއަދުބުނީ ރޯދަ މަހު ކުނި ނެރެން ޖެހޭނީ ރޭގަނޑު10:00 ން11:00 އަށް ކަމަށެވެ....

12 Apr 2021 | 14:00

މާދަމާ ފެށޭ ރަމަޟާން މަހު މާލޭ ސިޓީގައި ގޭބިސީތަކުން ކުނި ނެރެން ޖެހޭ ގަޑިއަށް ވެމްކޯއިން ބަދަލު ގެނެސްފި އެވެ.

އެކުންފުނިން މިއަދުބުނީ ރޯދަ މަހު ކުނި ނެރެން ޖެހޭނީ ރޭގަނޑު10:00 ން11:00 އަށް ކަމަށެވެ.

ކުނި ނެރެން ޖެހޭ ގަޑިތަކުގެ އިތުރުން ވެމްކޯގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަންތަކުން ހިދުމަތް ދޭ ގަޑިތަކަށް ވެސް ވަނީ ބަދަލުގެނެސްފަ އެވެ.

މާލޭ ވޭސްޓް ޓްރާންސްފާ ސްޓޭޝަން:

ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު: ހެނދުނު 10:00އިން ހަވީރު 5:00އަށް. ރޭގަނޑު 8:00 އިން ދަންވަރު 3:00އަށް

ހުކުރު ދުވަސް: މެންދުރު 2:00އިން ހަވީރު 5:00އަށް، ރޭގަނޑު 8:00އިން ދަންވަރު 3:00އަށް

ވިލިމާލޭ ވޭސްޓް ޓްރާންސްފާ ސްޓޭޝަން:

ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު: ހެނދުނު 10:00އިން ހަވީރު 5:00އަށް. ރޭގަނޑު 8:00 އިން ދަންވަރު 3:00އަށް

ހުކުރު ދުވަސް: މެންދުރު 2:00އިން ހަވީރު 5:00އަށް، ރޭނގަޑު 8:00އިން ދަންވަރު 3:00އަށް

ހުޅުމާލޭ ވޭސްޓް ޓްރާންސްފާ ސްޓޭޝަން

ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު: ހެނދުނު 10:00އިން ހަވީރު 5:00އަށް، ރޭގަނޑު 8:00 އިން ދަންވަރު 1:00އަށް

ހުކުރު ދުވަސް: މެންދުރު 2:00 އިން ހަވީރު 5:00އަށް އަދި ރޭނގަޑު 8:00 އިން ދަންވަރު 1:00 އާ ހަމައަށެވެ.

އައްޑޫ ސިޓީ ހިތަދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރުން ހިދުމަތް ދޭނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 10:00 - ހަވީރު 5:00 އަދި ރޭގަނޑު 8:00 - ދަންވަރު 2:00 އަށެވެ. އަދި ހުކުރު ދުވަސްތަކުގައި ހިދުމަތް ދޭނީ މެންދުރު 2:30 - ހަވީރު 5:00އަށް އަދި ރޭގަނޑު 8:30 - 11:00 އާ ހަމައަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް