އުރީދޫ އެމް-ފައިސާ: ޒަމާނާ ހާލަތަށް ބަލާއިރު އެންމެ އެކަށޭނެ ހައްލު

މިއީ ޓެކްނޮލޮޖީގެ ޒަމާނެވެ. ކޮވިޑުގެ ހާލަތެވެ. އަތުގައި ފައިސާ ގެންގުޅުމަކީ މިހާރަކު ފަސޭހަ ކަމެއް ނޫނެވެ. ރައްކާތެރި ގޮތެއްވެސް ނޫނެވެ. ޒަމާން ތަރައްގީވެ ޕޭމަންޓް ސިސްޓަމް މި އަންނަނީ "ކޭސްލަސް ޕޭމަނ...

12 Apr 2021 | 12:03

މިއީ ޓެކްނޮލޮޖީގެ ޒަމާނެވެ. ކޮވިޑުގެ ހާލަތެވެ. އަތުގައި ފައިސާ ގެންގުޅުމަކީ މިހާރަކު ފަސޭހަ ކަމެއް ނޫނެވެ. ރައްކާތެރި ގޮތެއްވެސް ނޫނެވެ. ޒަމާން ތަރައްގީވެ ޕޭމަންޓް ސިސްޓަމް މި އަންނަނީ "ކޭސްލަސް ޕޭމަންޓްސް" އަށް ބާރު ސްޕީޑުގައި ދަތުރުކުރަމުންނެވެ.

ކޭސްލަސް ޕޭމަންޓްސްގެ މި ދަތުރުގައި އެންމެ ފަސޭހަ އެއް ހައްލަކީ އުރީދޫ އެމް-ފައިސާ އެވެ.

އުރީދޫ އެމް-ފައިސާ އަކީ ފައިސާ ފޮނުވުމާއި ފައިސާ ލިބިގަތުމާއި އާންމު ދިރިއުޅުމުގައި ކުރަންޖެހޭ އެކި އެކި މާލީ މުއާމަލާތްތައް ކުރެވޭނޭހެން ތައްޔާރުކޮށްފައިވާ، ޑިޖިޓަލް ޕޭމަންޓް ސޮލިއުޝަނެކެވެ.

އުރީދޫ އެމް ފައިސާ މެދުވެރިކޮށް ފެންބިލު، ކަރަންޓު ބިލު ފަދަ ބިލްތަކަށްވެސް ފަސޭހަ ކަމާއެކު ފައިސާ ދައްކާލެވޭނެވެ. ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، އުރީދޫގެ ހިދުމަތްތައް މީޑިއާނެޓް، މޯލްޑިވް ގޭސް، ވިލާ ގޭސް، މިހެން ގޮސް ނަން ހުސްކޮށް ހިދުމަތްތަކަށް އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭނެއެވެ. މާދަމާ ރޯދަމަސް ފެށޭއިރު، ފިތުރު ޒަކާތްވެސް މި އެޕް މެދުވެރިކޮށް ދައްކާލެވޭނެއެވެ.

އެމް-ފައިސާއަށް ރަޖިސްޓްރީ ވާނެ ގޮތް

1. https://ore.do/app އިން، އުރީދޫ އެޕް ޑައުންލޯޑް ކުރުން

2. އެމް-ފައިސާއަށް ކްލިކް ކުރުމަށްފަހު، ރަޖިސްޓްރީއަށް ކްލިކްކޮށްލުން

3. މައުލޫމާތުތައް ފުރިހަމަ ކުރުމަށްފަހު، ފޯނަށް ލބޭ އޯޓީޕީ ބޭނުންކޮށްގެން އެމް-ފައިސާ އެކައުންޓް އެކްޓިވޭޓް ކޮށްލުން

4. ފޯނު ނަމްބަރު ޖެހުމަށްފަހު ހަތަރު ޑިޖިޓްގެ ޕިން ޖެހުން

5. ލިބޭ އޯޓީޕީ އެންޓާ ކުރުމަށްފަހު ރަޖިސްޓްރޭޝަން ނިންމާލުން

ބީއެމްއެލް، އެސްބީއައި އަދި އެމްއައިބީގެ ކަސްޓަމަރުންނަށް އުރީދޫ އެމް-ފައިސާ ވޮލެޓަށް ފަސޭހަކަމާއެކު ފައިސާ ޖަމާކޮށްލެވޭނެއެވެ. އަދި އެމްފައިސާގެ އެއް އެކައުންޓުން އަނެއް އެކައުންޓަށްވެސް ފައިސާ ފޮނުވޭނެއެވެ.

އެމް-ފައިސާ ވިލެޓްގައި އާންމުކޮށް ހޯދާ ހިދުމަތްތަކުގެ އެކައުންޓް ނަމްބަރުތައް، ފަސޭހައިން ބޭނުންކޮށްލެވޭހެން ރައްކާވެސް ކޮށްލެވޭނެއެވެ.

އުރީދޫގެ އަމާޒަކީ ކަސްޓަމަރުންނަށް ފަސޭހަ ހިދުމަތްތަކެއް ތައާރަފް ކުރުމެވެ. އުރީދޫއިން އެދެނީ ގޭގައި ތިއްބަވައިގެން ޑިޖިޓަލް ހިދުމަތްތައް ހިޔާރު ކުރެއްވުމެވެ.

އުރީދޫގެ އެމް ފައިސާ މެދުވެރިކޮށް ބައެއް ޖަމިއްޔާ ޖަމާއަތްތަކަށް ޑޮނޭޓްވެސް ކޮށްލެވެއެވެ. އެގޮތުން ކެންސަރ ސޮސައިޓީ، މޯލްޑިވްސް ޑެފް އެސޯސިއޭޝަން، ކުޑަކުދިންގެ ހިޔާ އަދި ފިޔަވައްޗަށް އުރީދޫ އެމް ފައިސާ މެދުވެރިކޮށް ޑޮނޭޓްކޮށްލެވޭނެއެވެ.

އެމް-ފައިސާ މެދުވެރިކޮށް ބިލް ދެއްކެވުމަށް:

01- އުރީދޫ އެޕް މެދުވެރިކޮށް އެމް-ފައިސާ އަށް ލޮގިން ކުރައްވާ http://ore.do/app

02- އެމް-ފައިސާ ސަރވިސަސް އިން “ޕޯސްޓްޕެއިޑް”، “ސުޕަރނެޓް”، “ފަސޭހަ” ނުވަތަ ” ޕްރީޕެއިޑް ރީޗާރޖް” ނަންގަވާ

03- ޕްރީޕެއިޑް ނަންބަރު، ޕޯސްޓްޕެއިޑް ނަންބަރު، ސުޕަރނެޓް އައިޑީ ނުވަތަ ފަސޭހަ ނަންބަރު ޖައްސަވާ

04- ބިލްގެ އަދަދު ޖެއްސެވުމަށްފަހު PROCEED އަށް ފިތާލައްވާ

05- ފޯނަށް ލިބިވަޑައިގެންނެވި އޯޓީޕީ ނަންބަރ ޖައްސަވާ ޕޭމަންޓް ޔަގީންކުރައްވާ

އެމް-ފައިސާގެ ޕޭމަންޓްސް ބަލައިގަންނަ ބައެއް އިތުރު ތަންތަން:

- އެލައިޑް އިންސޫރެންސް ކޮމްޕެނީ

- އަމާނާ ތަކަފުލް މޯލްޑިވްސް

- ބާގާ ކިންގް

- ޗިކިންގ

- ކްލާސް

- ދިމާޓް

- އެވިޑެންސް

- ފެމިލީ ރޫމް

- ގްލޯރިއާ ޖިންސް ކޮފީސް

- އައިބޭ

- އިހްސާން ފިހާރަ

- އިންޑެކްސް ފަރްނީޗަރ

- އައިލެންޑާސް އެޑިއުކޭޝަން

- އެމްއެންޔޫ

- މާލޭ އެރޭޓެޑް ވޯޓަރ ކޮމްޕެނީ (ކޮކާކޯލާ)

- މިނީސޯ

- މީރާ

- ޕޮއިޒް ޕާފިއުމްސް

- ރެޑްވޭވް ގެ ފިހާރަތައް

- ސިމްޑީ އޮންލައިން

- ސޮނީ ސްޕޯޓްސްގެ ފިހާރަތައް

- ދަ ކޮފީ ކްލަބް

- ދަ ހަޤް

- ތޫމް

- ޓްރީޓޮޕް

- ވީބީ މާޓް

- މައިބޭ

- ރޮމްބަސް

- ސޮއްޓި ބިޒް

- ޕިއްޒާ ހަޓް

- ކޭއެފްސީ

- ފުޑީސް

މީގެ އިތުރުންވެސް ގިނަ އަދަދެއްގެ އައުޓްލެޓް ތަކާއި ހިދުމަތްތަކުން އުރީދޫ އެމް-ފައިސާގެ ހިދުމަތް ބޭނުންކުރެވޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް