ބަރަކާތްތެރި ރަމަޟާން މަހުގެ ހެޔޮ އެދުމާއި ތަހުނިޔާ، ދުވަހުގެ ކިޔުންތެރިންނަށް އަރިސް ކުރަމެވެ. ހަތް އަހަރުވީ ދުވަހުގެ ހަޔާތުގައި ފާއިތުވި ކޮންމެ އަހަރެއްގައިވެސް ރަމަޟާން މަހު އަޅުގަނޑުމެން މި އަންނަނީ ދުވަހުގެ ރެސްޓޯރެންޓް ސެގްމެންޓް ކުރިއަށްގެންދަމުންނެވެ.
އެގޮތުން މި އަހަރު އަޅުގަނޑުމެން މި ސެގްމެންޓް މި ފަށަނީ ދުވަހުގެ ކިޔުންތެރިންނަށް ވަރަށް ޙާއްސަ ހަދިޔާއަކާއިއެކުގައެވެ. އެއީ ކޮންމެ ހަފްތާއަކު ދެބޭފުޅަކަށް ލަގްޒަރީ ސަފާރީއެއްގައި ރޯދަވީއްލުމުގެ ފުރުސަތެވެ. ހަވީރު ހަތަރެއްގައި ސަފާރީއަށް ގޮސް، މި ހާއްސަ ރޯދަވީއްލުން، ސަފާރީގައި ކުރިއަށްދާއިރު އެ ސަފާރީ ދާނީ މާލެ ސަރަހައްދުގައި މަޑުމަޑުން ދަތުރުކުރަމުންނެވެ. ރޯދަވީއްލަން ސަފާރީއަށް އަރާ، ރޯދަ ވީއްލުމަށްފަހު ސަންސެޓް ބަލައިލާ، ރޭގަނޑު އަށެއް ޖަހާންދެން އެ ސަފާރީގައި މަޑުކޮށްލާ ސަފާރީ އެކްސްޕްލޯރ ކޮށްލުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ.
މި ފުރުސަތު ދިވެހިންނާއި ހަމައަށް ގެނެސްދެނީ ވޮޑަމުއްލާ ކެފޭ އެންޑް ބިސްޓްރޯއިންނެވެ. މި ލަގްޒަރީ ސަފާރީގައި ރޯދަވީއްލުމުގެ ފުރުސަތު ހަމަ ކޮންމެ ފަރާތަކަށްވެސް އެބަ އޮތެވެ. ގްރޫޕް ތަކާއި ކުޑަކުދިންނަށް ހާއްސަ އިންތިޒާމުތަކެއް ހަމަޖެހިގެންދާނެ ކަމުގައިވެސް ވޮޑަމުއްލާ ކެފޭ އެންޑް ބިސްޓްރޯއިން ބުނެއެވެ. މި އިންތިޒާމުގެ އަގަކީ ބޮލަކަށް 550 ރުފިޔާއެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް 7651313 އަށް ގުޅާލުމުން އިތުރު މައުލޫމާތު ލިބިގެންދާނެއެވެ.
ދުވަހުގެ ރެސްޓޯރެންޓްގެ މި ހަފްތާގެ ޕޯސްޓް މި ހިސާބުން މި ފެށުނީއެވެ. ދުވަސްގެ ޕޭޖުގައިވާ މި ޕޯސްޓް ޝެއަރ ކުރައްވައިގެން ދެ ބޭފުޅަކަށް ހިލޭ މި ފުރުސަތު ލިބިގެންދާނެއެވެ. ރޯދަމަހުގެ ފުރަތަމަ ހަފްތާ ނިމެންދެން މި ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. މީގެ އިތުރުން މި ސެގްމެންޓްގައި ކޮންމެ ދުވަހަކު ރެސްޓޯރެންޓަކާ ބެހޭ މައުލޫމާތު ދުވަހުން ގެނެސްދޭނެއެވެ. އަދި ކިޔުންތެރިންގެ ތެރެއިން ހަމަ ކޮންމެ ދުވަހަކުވެސް ދެބޭފުޅަކަށް ރެސްޓޯރެންޓެއްގައި ރޯދަވީއްލުމުގެ ފުރުސަތު ތަނަވަންކޮށްދެވޭނެއެވެ.
ދުވަހުގެ ރެސްޓޯރެންޓް މި ސެގްމެންޓަކީ ކިޔުންތެރިންގެ މެދުގައި ވަރަށް މަގްބޫލު ސެގްމެންޓެކެވެ. ސެގްމެންޓުގައި ބައިވެރިވުމުގެ ފުރުސަތު ކެފޭ ރެސްޓޯރަންޓްތަކަށް ވަނީ ހުޅުވާލެވިފައެވެ. ދުވަހުގެ ހޮޓްލައިން 9770541 އަށް ގުޅުއްވައި އެ އިންތިޒާމު، ރެސްޓޯރެންޓްތަކަށް ހަމަޖެއްސޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް