ރީޓޯ ފެންފިލްޓަރު: ރޯދަ ވަރުބަލިކަމާއެކު ފެން އުފުލަންޖެހުމުން ލިބޭ ތަކުލީފުތަކަށް ހައްލެއް!

ބަރަކާތްތެރި ރަމަޟާން މަސް އަހަރެމެންނާ މަރުޚަބާ ކިޔަން ގާތްވެފައިވާއިރު، ރިޓޯ ސޮލިއުޝަންސްގެ ފަރާތުން ހާއްސަ ޕްރޮމޯޝަނެއް ކުރިޔަށް އެބަގެންދެއެވެ. މިއީ ހަމައެކަނި ޕްރޮމޯޝަނެއް ނޫނެވެ. ރޯދަޔަށް ހުރެ، ...

12 Apr 2021 | 10:49

ބަރަކާތްތެރި ރަމަޟާން މަސް އަހަރެމެންނާ މަރުޚަބާ ކިޔަން ގާތްވެފައިވާއިރު، ރިޓޯ ސޮލިއުޝަންސްގެ ފަރާތުން ހާއްސަ ޕްރޮމޯޝަނެއް ކުރިޔަށް އެބަގެންދެއެވެ.

މިއީ ހަމައެކަނި ޕްރޮމޯޝަނެއް ނޫނެވެ. ރޯދަޔަށް ހުރެ، ވަރުބަލިކަމާއެކު ފެން އުފުލަންޖެހުމުން ލިބޭ ތަކުލީފުތަކަށް ހައްލެއް ވެސް މެއެވެ. ރިޓޯ ފެން ފިލްޓަރަކީ ފެނުގެ ޚަރަދު ކުޑަކުރުމަށް މޮޅު ގޮތެކެވެ. ދެއިރު ދެދަޅަޔަށް ފިހާރަތަކަށް ގުޅައި ފެން އޯޑަރު ކުރުމަށް އުފުލަންޖެހޭ ބުރައަށް ނިމުމެކެވެ.

ބަދިގެތަކަށް އިތުރު ފުރިހަމަކަން ގެނެސްދޭ މި ރީތި ފިލްޓަރު އަޅުވާލުމުން އިސްކޫރުން ސާފު ބޯފެން ލިބޭނެއެވެ. ފަސް ފިލްޓަރ އެކުލެވޭ ރިވާސްއޮސްމޯސިސް ޓެކްނޮލޮޖީގެ ފުރިހަމަކަމާއިއެކު ގަޑިޔަކު 12 ލީޓަރު ފެން އުފައްދާދޭ މިމެޝިނުގައި 5 ލީޓަރުގެ ފެން ރައްކާކުރާ ޓެންކް އެއްވެސް އިންނާނެއެވެ. މީގެ ސަބަބުން ބޯފެން ގަންނަން ނުޖެހި ވަގުތާއި ފައިސާ ސަލާމަތްކުރެވެއެވެ. މިހާރު ކުރިއަށްދާ މި ހާއްސަ ޕްރޮމޯޝަންގެ ދަށުން ރިޓޯ ސޮލިއުޝަންސްގެ ފިހާރަތަކުން ގަންނަން ލިބޭ މި ފިލްޓަރު ހަމަ އެންމެ 4،500 ދިވެހި ރުފިޔާއަށް ލިބޭނެއެވެ.

މި މަހުގެ 15 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި ބައްލަވައިގަންނަވާ ކޮންމެ ފިލްޓަރެއް ހިލޭ އިންސްޓޯލް ކޮށްދިނުމުގެ ޚިދުމަތްވެސް ލިބިގެންދާނެއެވެ

އަދި މި މެޝިނަކީ 2 އަހަރު ދުވަހުގެ ވޮރަންޓީ ލިބޭ މެޝިނެކެވެ، މެޝިނަށް އެއްވެސް މައްސަލައެއް ދިމާވެގެން އަންގާތާ ގިނަވެގެން 4 ގަޑިއިރުތެރޭ އެޖެހުނު މައްސަލައެއް ހައްލުކޮށްދެވޭނެއެވެ، ނޫންނަމަ މައްސަލަ ހައްލުވަންދެން ވަގުތީ މެޝިނެއް ބަހައްޓާދޭނެއެވެ.

ރިޓޯގެ ފެން މެޝިނެއް ގޭގައި ބަހައްޓަން ބޭނުން ފުޅުނަމަ ލަސްނުކޮށް ރިޓޯގެ ހޮޓްލައިން 9973829 އަށް އަވަހަށް ގުޅުއްވާ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް