ސިނަމާލޭ ފްލެޓުތައް ތަޅާލައި އާ ފްލެޓު އަޅަން ވިސްނަން: ރައީސް ސޯލިހު

މާލޭ ސިނަމާލޭ ފްލެޓުތައް ތަޅާލުމަށް ފަހު އަލުން އެ ބިމުގައި ފްލެޓު އިމާރާތް ކުރުމަށް ވިސްނަވާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވީ މިއަދު ބޭއްވި ނޫސްވެރި...

12 Apr 2021 | 10:37

މާލޭ ސިނަމާލޭ ފްލެޓުތައް ތަޅާލުމަށް ފަހު އަލުން އެ ބިމުގައި ފްލެޓު އިމާރާތް ކުރުމަށް ވިސްނަވާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ސޯލިހު ވިދާޅުވީ މާލޭގައި އިމާރާތްކޮށް ގިނަ ބަޔަކު ދިރިއުޅެމުންދާ ސިނަމާލެ ފްލެޓުތަކަކީ މިހާރު ގިނަ ދުވަސްވެ ބާވެފައިވާ އިމާރާތްތަކެއް ކަމަށެވެ. އެމަނިކުފާނުގެ ވިސްނުންފުޅު ހުރީ އެތަން ތަޅާލައި ރަނގަޅު ފްލެޓުތަކެއް އެޅުމަށް ކަމަށެވެ.

އެކަމަކު އެކަން ކުރުމަށް ވިސްނަވާ ގޮތެއް ނުވަތަ އެކަމުގެ މަޝްވަރާއެއް ނުކުރެވުނު ކަމެއް ހާމައެއް ނުކުރައްވަ އެވެ. އަދި ސިނަމާލެ ފްލެޓުތައް ތަޅާލާނަމަ އެތަނުގައި ދިރިއުޅެމުންދާ މީހުންނަށް ހަދާނެ ގޮތާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެއް ނުވެ އެވެ.

ރައީސް ސާލިހު ވިދާޅުވީ މާލޭގައި ހުރި ލޭބާ ކުއާޓަށް ވެސް ތަޅާލުމަށްފަހު އެތަންތަނުގައި ވެސް ފްލެޓް އަޅަން ވިސްނަވާކަމަށެވެ. އަދި ބޯހިޔާވަހިކަމަށް ބަދަލުކުރެވިދާނެ އެހެން ބައެއް ކޮށިތައް މާލޭގައި އެބަހުރި ކަމަށެވެ.

ރައީސް ވިދާޅުވީ މާލޭގެ ބޯހިޔާވަހި ކަމުގެ މައްސަލައަކީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގައި މާލެއިން އެމަނިކުފާނުގެ ޕާޓީ އެމްޑީޕީއަށް ނާކާމިޔާބީއާއި ކުރިމަތިލާން ޖެހުނު އެއް ސަބަބު ކަމަށެވެ.

އެހެންކަމުން އެ މައްސަލަ ހައްލު ކުރަން ބުރަ މަސައްކަތްތަކެއް ސަރުކާރުން ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް