އެމްޑީޕީ އަދި މަޖިލިސް ރައީސް މުހައްމަދު ނަޟީދު އާއި އެ މަނިކުފާނާ ދޭތެރެއަށް ވެންޓިލޭޓަރަށް ނުވަދެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ލޯކަލް ކައުންސިލް އިންތިޚާބަށްފަހު އެމްޑީޕީން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދާ ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނާއި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްއާ ދެ މެދުގައި ވެންޓިލޭޓަރު މައްސަލަ ފިޔަވައި އިތުރު މައްސަލައެއް ނެތް ކަމުގައެވެ. އަދި ވެންޓިލޭޓަރު މައްސަލަ ނެތްނަމަ ދެ ބޭފުޅުންގެ މެދުގައި އެއްވެސް މައްސަލައެއް ނޯންނާނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
އެކަމަކު މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ވާހަކަތަކަށް އިޝާރާތްކުރައްވާ، ރައީސް ޞާލިޙް ވިދާޅުވީ، ރައީސް މުހައްމަދު ނަޟީދު އާއި އެ މަނިކުފާނާ ދޭތެރެއަށް ވެންޓިލޭޓަރަށް ނުވަދެވޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް