މާދަމާ ރޯދަ މަސް ފެށޭ އިރު، ކިންގ ސަލްމާން މިސްކިތް ހުޅުވިފައި ނުވާތީ މާލޭގެ މޭޔަރު ކަމަށް އިންތިޚާބުވެވަޑައިގެން ޑރ. މުހައްމަދު މުއިއްޒުގެ ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މުއިއްޒު ކުރެއްވި ވިދާޅުވީ، މާދަމާ ރަމަޝާން މަސް ފެށޭއިރު ވެސް ކިންގ ސަލްމާން މިސްކިތް ހުޅުވިފައި ނުވާތީ ހިތާމަކުރާ ކަމަށެވެ. އަދި މާލޭގައި ދިރިއުޅުއްވާ ރައްޔިތުންނަށް ވީގާ ވެސް އަވަހަކަށް އެ މިސްކިތުގެ ބޭނުން ހިފޭނެ ގޮތް ހައްދަވައި ދެއްވުމަށް މުއިއްޒު ވަނީ ސަރުކާރަށް އިލްތިމާސްކޮށްފައެެވެ.
https://twitter.com/MMuizzu/status/1381522358565969923
ރައީސް ޔާމީންގެ ސަރުކާރުގައި އިމާރާތް ކުރަން ފެށި ކިންގ ސަލްމާން މިސްކިތް ކުރިއަށް އޮތް ރޯދަ މަހުގެ ތެރޭގައި ބޭނުން ކުރެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް މީގެ ކުރިން ވިދާޅުވިއެވެ.
ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޞާލިޙް ވިދާޅުވީ، އެ މިސްކިތް ހުޅުވަން ހަމަޖެހިފައި އޮތީ ސައުދީ ސަރުކާރުގެ އިސް ބޭފުޅުންތަކެއް ރާއްޖެ ވަޑައިގެން ކަމަށެވެ. އެހެންނަމަވެސް، ކޯވިޑް-19 ރޯގާއާ ހެދި އެ ބޭފުޅުންނަށް ދިވެހިރާއްޖެ ވަޑައިނުގަނެވޭތީ އެތަން ނުހުޅުވި އޮތީ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ކުރިއަށް އޮތް ރޯދަ މަހު އެ މިސްކިތް ނުރަސްމީކޮށް ވިޔަސް ބޭނުން ކުރުމުގެ ވިސްނުން ގެންގުޅުވާކަން އެމަނިކުފާނު އޭރޫ ހާމަކުރެއްވި އެވެ.
"ނަމަވެސް، އަޅުގަނޑުމެން އެބަ މަސައްކަތް ކުރަން ނުރަސްމީކޮށް ވެސް ކުރިއަށް އޮތް ރޯދަ މަސްތެރޭގައި އެތަން ބޭނުންކުރެވޭތޯ،" ރައީސް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް