މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެމްޑީޕީއަށް ކުރިމަތިވި ނާކާމިޔާބީއާ ގުޅިގެން ފަރަގު ކުޑަކޮށް އެމްޑީޕީއަށް މަދުން ވޯޓު ލިބުނު ފޮށިތަކުގެ ނަތީޖާ ބަދަލު ކުރުމުގެ ގޮތުން އިލެކްޝަންސް ކޮމިޝަން (އީސީ)އަށް އެ ޕާޓީއިން ނުފޫޒު ފޯރުވަމުން ގެންދާ ކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް، ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ތުހުމަތުކުރައްވައިފިއެވެ.
ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކައުންސިލް އިންތިޚާބުގައި ޕީޕީއެމްއަށް ލިބުނު ކާމިޔާބީއަކީ ރައްޔިތުންނަށް ލިބުނު ނަސްރެއް ކަމަށެވެ. މާލެ ސިޓީ އަދި ބޮޑެތި ސިޓީތަކުގެ ފަރަގު ކުޑަ ނަތީޖާތައް ބަދަލު ކުރަން އެމްޑީޕީން މަސައްކަތް ކުރިޔަސް ރައްޔިތުން އެ ވަނީ ގޮތެއް ނިންމާފައި ކަމަށް ޝިޔާމް ވިދާޅުވިއެވެ.
https://twitter.com/Shiyamaldives/status/1381346430829305860
"އެމްޑީޕީން ކެނޑިނޭޅި ދަނީ އީސީއަށް ނުފޫޒު ފޯރުވައި ފޮށިތަކުގެ ނަތީޖާ ބަދަލު ކުރަމުން،" ޝިޔާމް ވިދާޅުވިއެވެ.
މިހާތަނަށް ނަތީޖާތައް ދައްކާ ގޮތުން މާލެ ސިޓީ ކައުންސިލްގެ މޭޔަރު ހިމެނޭހެން ސިޓީ ކައުންސިލްގެ 12 ގޮނޑިއެއް ޕީޕީއެމްއިން ވަނީ ކާމިޔާބުކޮށްފައެވެ. އެމްޑީޕީއަށް ލިބިފައިވަނީ ހަތް ގޮނޑިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް