ކެޓްރީނާ އައިސޮލޭޝަން ހުރެ، ވަގުތާއި ކެތްތެރިކަމާއި ހަނގުރާމަކުރަނީ!

ބޮލީވުޑްގެ ބަތަލާ ކެޓްރީނާ ކެއިފް ކޯވިޑް-19 އަށް ޕޮސިޓިވްވީ މިދިޔަ ހަފްތާގައި އެވެ. އޭނާ އާއި ސިއްރު ލޯބިވެރިޔާ ވިކީ ކައުޝަލްވެސް ކޯވިޑަށް ޕޮސިޓިވްވެފައިވެއެވެ. ކެޓްރީނާ ޕޮސިޓިވްވެފައިވަނީ ވިކީއަށް ކޯ...

12 Apr 2021 | 08:16

ބޮލީވުޑްގެ ބަތަލާ ކެޓްރީނާ ކެއިފް ކޯވިޑް-19 އަށް ޕޮސިޓިވްވީ މިދިޔަ ހަފްތާގައި އެވެ.

އޭނާ އާއި ސިއްރު ލޯބިވެރިޔާ ވިކީ ކައުޝަލްވެސް ކޯވިޑަށް ޕޮސިޓިވްވެފައިވެއެވެ. ކެޓްރީނާ ޕޮސިޓިވްވެފައިވަނީ ވިކީއަށް ކޯވިޑް ޖެހުނުތާ އެއް ދުވަސް ފަހުންނެވެ.

ކޯވިޑަށް ޕޮސިޓިވްވުމުން ކެޓްރީނާ ހުރީ އައިސޮލޭޝަންގައި އެވެ. އަދި ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް ގަވައިދުން އަޅައެވެ.

ކެޓްރީނާ އިއްޔެ ވަނީ އައިސޮލޭޝަންގައި ގޭގަ ހުންނަން ޖެހުމުން ވާ ފޫހި ބުނެ ދިނުމަށް އިންސްޓަގްރާމްގައި ފޮޓޯއެއް ހިއްސާ ކޮށްފައެވެ. އެއްވެސް މޭކަޕަކާއި ނުލައި ކެޓްރީނާގެ މޫނު އެެއް ފަރާތުން ފެންނަގޮތަށް ނަގާފައިން ފޮޓޯއަށް އިރުގެ އަލިކަން އެޅިފައި ހުރުމުން ވަރަށް ރިއްޗެވެ.

ފޮޓޯ އާއި އެކު ކެޓްރީނާ ބުނެފައިވަނީ "ވަގުތާއި ކެތްރިކަން" މިހެންނެވެ. އެއީ ގޭތެރޭގައި އިނދެ އިނދެ ފޫހިވެގެން ލިޔެފައިވާ އެއްޗެއް ކަމަށްވެއެވެ.

https://www.instagram.com/p/CNg__cVBy0h/

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް