ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ ގޮތުން ދިރާގު ޓީވީގެ ހިދުމަތް ރ. މަޑުއްވަރީގައި ރަސްމީކޮށް އިފްތިތާހްކޮށްފި އެވެ.
މަޑުއްވަރީގައި ދިރާގު ޓީވީ ތަޢާރަފުކޮށް އެ ކުންފުނިން ވަނީ ހާއްސަ ޕްރޮމޯޝަނެއް ފަށާފައި އެވެ. އެގޮތުން ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ގެންގުޅުއްވާ ކަސްޓަމަރުންނަށް ދިރާގު ޓީވީގެ ޚިދުމަތް މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން ޖޯއިބޮކްސްވެސް (ޑީކޯޑަރ) މުޅިން ހިލޭ ލިބިގެންދާނެ ކަމަށް ދިރާގުން ބުނެއެވެ.
މި ޕްރޮމޯޝަން ކުރިއަށް ދާނީ 31 މޭ 2021 ގެ ނިޔަލަށެވެ.
މީގެ އިތުރުން، މި ޕްރޮމޯޝަންގެ ދަށުން ދިރާގު ޓީވީއަށް ސަބްސްކްރައިބް ކުރާ ހުރިހާ ކަސްޓަމަރުންނަށް ޙާއްސަ ލަކީ ޑްރޯއެއްގައި ބައިވެރިވެވޭނެ ފުރުސަރުވެސްވަނީ ހުޅުވާލާފައެވެ. މި މުއްދަތުގެ ތެރޭގައި ދިރާގު ޓީވީ ކަނެކްޝަން އަކަށް އެޕްލައި ކޮށްގެން 20 ނަސީބުވެރި ކަސްޓަމަރުންނަށް 6 މަސް ދުވަހަށް ދިރާގު ޓީވީ މުޅިން ހިލޭ ބަލާލެވޭނެ ކަމަށް ދިރާގުން ބުނެއެވެ.
ދިރާގު ޓީވީއަށް މިހާރު އެޕްލައި ކޮށްގެން ދިރާގުން އަލަށް ތައާރަފު ކުރި ގޯލްޑް ޕެކޭޖްގެ ހުރިހާ ޗެނަލްތައްވެސް ބަލާލެވޭނެއެވެ. އެގޮތުން ދިރާގު ޓީވީގެ ގޯލް ޕެކޭޖުން 100 އަށް ވުރެ ގިނަ ޗެނަލް، މީގެ ތެރޭގައި މުޅިން އަލަށް ތައާރަފުކުރި ސިނަމާޗީގެ ޗެނަލް ތައް އެންމެ 450 ރުފިޔާ އަށް ބަލާލެވޭނެއެވެ.
އަލަށް ތައާރަފުކުރި ޗެނަލް ތަކުގެ ތެރޭގައި ސިނަމާޗީ އެކްޝަން، ސިނަމާޗީ ރޮމޭންސް، ސިނަމާޗީ ކޮމެޑީ، ސިނަމާޗީ ޑްރާމާ އަދި ސިނަމާޗި ކްރައިމް ހިމެނެއެވެ. އެގޮތުން މިޗެނަލްތައް ދިރާގު ޓީވީގެ ގޯލްޑް ޕެކްއަދި ދިރާގު ޕްލޭ އެޕްގެ ޕްލޭ މޯ ޕެކޭޖުން ބަލާލެވޭނެއެވެ.
ދިރާގުގެ އެސިސްޓެންޓް މެނޭޖަރ ޕަބްލިކް ރިލޭޝަންސް، ޖައިޝާން ހަމީދު ވިދާޅުވި ގޮތުގައި ދިރާގު ޓީވީގެ އާ އޮފަރ ތަކާ އިތުރު ޗެނަލްތައް ތައާރަފުކޮށްފައިވާ ދަނޑިވަޅެއްގައި ރ. މަޑުއްވަރީގައި ދިރާގުޓީވީ ޚިދުމަތް ތައާރަފު ކުރުމާމެދު ވަރަށް އުފާ ކުރާކަމަށާއި، ރ. މަޑުއްވަރީގައި ދިރިއުޅޭގެ ރައްޔިތުންގެ ދިރިއުޅުމަށް އިތުރު ފާގަތިކަމެއެ ގެނެސްދީ ދިރާގުޓީވީ މެދުވެރިކޮށް މުނިފޫހިފިލުވުމަށް އިތުރު ލުއިފަސޭހަތަކެއް ލިބޭގެންދާނެކަމަށް އުންމީދު ކުރާކަމަށެވެ. އަދި ހަމައެއާއެކު ގިނަ ކޮލެޓީ ޗެނަލްތަކެއް ހެޔޮއަގެއްގައި ބަލާލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ދިރާގު ޓީވީގެ ޒަރިއްޔާއިން ބެލުންތެރިންނަށް އެންމެ މަގުބޫލު ޓީވީ އަދި މުނިފޫހިފިލުވުމުގެ ކޮންޓެންޓް އެއް ޕްލެޓްފޯމެއްގެ ދަށުން ބަލާލެވޭނެއެވެ. އެގޮތުން 100 އަށް ވުރެ ގިނަ ޗެނަލް ހިމެނޭ ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީގެ ޚިދުމަތެވެ.
ދިރާގު ޓީވީގައި ހިމެނޭ ޗެނަލްތަކުގެ ތެރޭގައި ކުޑަކުދިންގެ މެދުގައި އެންމެ މަޝްހޫރު ޑިޒްނީ ޗެނަލްތައް، ސޮނީގެ ސްޕޯރޓްސް ޗެނަލްތައް، ލައިފްސްޓައިލް ޗެނަލްތަކުގެ ތެރޭގައިފުޑް ނެޓްވޯރކް، ސްޓަރ ގެ ޗެނަލްތައް، ރާއްޖެއާއި ބޭރު ދުނިޔޭގެ ހަބަރު ޗެނަލްތައް އަދި އަލް ޤްރުއާން އަލް ކަރީމް ފަދަ ދީނީ ޗެނަލްތައް ހިމެނެއެވެ.
ކޮލިޓީ އަދި އަގުގައި އެއްވެސް ތަފާތު ކުރުމެއްނެތި ދިރާގުން ވަނީ ރާއްޖޭގެ %77 ގޭބިސީއަށް މިހާރު ދިރާގުޓީވީ ޚިދުމަތް ވަނީ ފޯރުކޮށްދީފައިއެވެ.
ދިރާގުން އަބަދުވެސް ބަލަނީ އިނޮވޭޝަނާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ މުނިފޫހިފިލުވުމުގެ ބޭނުންތަކަށް ބަލައިގެން އެންމެ ފަހުގެ އަދި އެންމެ ކޮލިޓީ މުނިފޫހި ފިލުވުމުގެ ކޮންޓެންޓް ދިރާގު ޓީވީ މެދުވެރިކޮށް ގެނެސްދިނުމަޑް ކަމަށް ދިރާގުން ބުނެއެވެ.
އިތުރު މައުލޫމާތު:
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް