ދިވެހިރާއްޖޭގެ މައި ދޮރުއައްޓަށް 55 އަހަރު: މިއީ ދިވެހިންގެ ފަޚުރެއް!

ދިވެހިން އެ ތަނަކާ މެދު ފަޚުރުވެރިވާ، ދިވެހިރާއްޖޭގެ މައި ދޮރުއަށި، ވެލާނާ ބައިނަލްއަގުވާމީ ވައިގެ ބަނދަރަށް 55 އަހަރު ފުރިއްޖެއެވެ. މި މުނާސަބަތުގައި ދިވެހިރާއްޖޭގެ އެއާޕޯޓު ކުންފުނި (އެމްއޭސީއެލް)އި...

12 Apr 2021 | 07:47

ދިވެހިން އެ ތަނަކާ މެދު ފަޚުރުވެރިވާ، ދިވެހިރާއްޖޭގެ މައި ދޮރުއަށި، ވެލާނާ ބައިނަލްއަގުވާމީ ވައިގެ ބަނދަރަށް 55 އަހަރު ފުރިއްޖެއެވެ.

މި މުނާސަބަތުގައި ދިވެހިރާއްޖޭގެ އެއާޕޯޓު ކުންފުނި (އެމްއޭސީއެލް)އިން ވަނީ ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ޓުއަރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް އާއި އެމްއޭސީއެލްގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ. ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރު އަބްދުﷲ މައުސޫމް އެވެ.

ދިދަ ނެގުމުގެ އިތުރުން މި ރަސްމިއްޔާތުގައި ވަނީ ހާއްސަ ކޭކެއް ވެސް ފަޅާފައެވެ.

މީގެ 55 އަހަރު ކުރިން ވުޖޫދުވި ވެލާނާ ވައިގެ ބަނދަރު ވެފައި ވަނީ ބޭރުގެ ފަރާތްތަކަށް ރާއްޖެއަށް މަރުހަބާ ކިޔާ މައި ދޮރުއަށީގެ ގޮތުގައެވެ. އަދި ހަމައެހެންމެ މި ކުންފުނި ވެފައިވަނީ ރާއްޖޭގެ އިޤްތިޞާދުގެ މައި ދޮރުއަށީގެ ފާރަވެރިޔާއަށެވެ.

ރާއްޖޭގެ ވައިގެ މައި ދޮރުއަށްޓަކީ ދުނިޔޭގެ އެތަކެއްބަޔަކު އެއްފަހަރާ ބޭނުންކުރާ ހިއްގައިމު އަދި އެހާމެ ހިންހަމަޖެހުން ލިބޭ ތަނަކަށް ހެދުމަށް ސަރުކާރުންވަނީ ޚާއްސަ މަޝްރޫޢެއް ފައްޓަވާފައެވެ.

އެގޮތުން 2016 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި އެއާޕޯޓަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ސައުދީ އަރަބިއްޔާގެ އެންމެވަރުގަދަ ކުުންފުނި ސައުދީ ބިންލާދީން ގުރޫޕާއި ވަނީ ހަވާލުކޮށްފައެވެ. މި ކުންފުނިން އެއާޕޯޓުގައި ކުރަމުންދާ މަސައްކަތުގެ ތެރެއިން އިންޓަރނޭޝަނަލް ޕެސެންޖާ ޓާމިނަލްގެ މަސައްކަތް ހިމެނެއެވެ. އެ މަސައްކަތް މިހާރު ވަނީ ގާތްގަނޑަކަށް ފެށިފައެވެ.

މި ޓާމިނަލްއަކީ މިހާރު ބޭނުންކުރަމުންދާ ޓާމިނަލް އަށްވުރެ ތިން ގުނަ ބޮޑު އެންމެ ޒަމާނީ ފެންވަރުގެ ވަސީލަތްތަކާއިއެކު ހުޅުވުމަށް ތައްޔާރުވަމުންދާ ޓާމިނަލްއެކެވެ. އެގޮތުން ހަ އެއިރޯ ބްރިޖާއި، އެންމެ ޒަމާނީ ބެގޭޖް ހޭންޑްލިން ސިސްޓަމް ގާއިމް ކުރުމުގެ އިތުރުން އެތައް ގުނައަކަށް ޑިއުޓީ ފްރީ ފިހާރަތަކާއި، އިންޓަރނޭޝަނަލް ބްރޭންޑްތައް ތަޢާރަފްވެގެން ދާނެއެވެ.

މިމަޝްރޫޢުގެ ތެރެއިން މިހާރު އެއާޕޯޓްގައި ބޭނުންކުރަމުންދާ 3 ގޭޓްގެ އަދަދު 10 އަކަށް އިތުރު ކުރެވިގެންދާނެއެވެ. މީގެ އިތުރުންވެސް މިމަޝްރޫޢު އެއްކޮށް ނިމިގެންދާއިރު ހުޅުލޭގެ މަލަމައްޗަށް ބޮޑެތި ބަދަލުތަކެއް އައިސް، އާޓާމިނަލް އާއިއެކު ވެލާނާ އިންޓަނޭޝަނަލް 7 މިލިޔަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެކަމަށްވެސް އެމްއޭސީއެލްއިން ބުނެއެވެ.

މީގެ އިތުރުން, ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އިން އެެެއާޕޯޯޓުުުު ގެ އާާރަންވޭގެ މަސައްކަތް ބާރު ސްޕީޑްގައި ދަނީ ކުރެވެމުންނެވެ. މި މަސައްކަތް މި އަހަރު ފަހުކޮޅު ނިމި އެންމެ ބޮޑެތި މަތިންދާ ބޯޓުތައް އެ ރަންވޭގައި ޖައްސާނެއެވެ.

މި ޕްރޮޖެކްޓްގެ އިތުރުންވެސް އިތުރު ބައެއް ތަރައްގީގެ ބޮޑެތި ޕްރޮޖެކެޓްތައް ދަނީ އެއާޕޯޓުގައި ކުރެވެމުންނެވެ. އެގޮތުން އެއާޕޯޓުގެ އާ ސީޕްލޭން ޓާމިނަލްގެ މަސައްކަތް ރަސްމީކޮށް ވަނީ ފަށާ މަސައްްްކަތްތައް ބާރު ސްްޕީޑްގައި ދަނީ ކުުުރެވެެެމުންނެވެ. އަދި އާ ކާގޯ ޓާމިނަލްގެ އަމަލީ މަސައްކަތް ވަނީ ފަށާފައެވެ. އަދި އާ ވީއައިޕީ ކޮމްޕްލެކްސް އަޅަންވެެެސް ބަަޔަކާއި ވަނީ ހަވާލުކޮށްފަައެވެ.

އަދި އެއާޕޯޓްގެ މަލަމައްޗަށް ރީތިކަން ގެނެސްދޭ ގޮތަށް ހަދާފައިވާ "ވޯޓާފްރަންޓް ރެސްޓޯރަންޓް" ގައި ދުނިޔޭގެ މަޝްހޫރު ފްރެންޗައިސް ރެސްޓޯރަންޓް، ކޭއެފްސީ އާއި ޕިއްޒާ ހަޓާއި ކޮސްޓާ ކޮފީ އަދި ހާވެސްޓް މާކެޓް ހިންގުމަށްް ނިންމައިި އެއްބަސްވުުުުމުގައިި ސޮއިކޮޮޮށްފައެވެެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް – ފޮޓޯ: އެމްއޭސީއެލް

މި ނޫނަސް އެއާޕޯޓްގައި ތަރައްގީގެ މަޝްރޫތައް ހުއްޓުމެއް ނެތި ދަނީ ކުރަމުންނެވެ.

އެއާޕޯޓް ތަރައްގީ ކުރުމުގެ ބޮޑު ބިޔަ މަޝްރޫޢަށް 800 މިލިޔަން ޑޮލަރު ޚަރަދުވާއިރު މިއީ މިހާތަނަށް ސަރުކާރަކުން އިސްނަގައިގެން ރާއްޖޭގެ ތަރައްގީއަށް ހިންގާ އެންމެބޮޑު މަޝްރޫޢުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް