ކޯވިޑް ވެކްސިންގެ ދެވަނަ ޑޯޒް ރާއްޖޭގައި 19 ހާސް މީހުންނަށް ދީފި

ކޯވިޑް ދިފާއު ވެކްސިންގެ ދެވަނަ ޑޯޒް ރާއްޖޭގައި 19 ހާސް މީހުނަށް ދީފިއެވެ. ކޯވިޑް ވެކްސިންގެ ދެވަނަ ޑޯޒް ދީފައިވާ މީހުންގެ އަދަދަކީ 19،008 އެވެ. ވެކްސިންގެ ދެވަނަ ޑޯޒް އިއްޔެ ޖަހާފައިވަނީ 3،714 މީހުން...

12 Apr 2021 | 07:15

ކޯވިޑް ދިފާއު ވެކްސިންގެ ދެވަނަ ޑޯޒް ރާއްޖޭގައި 19 ހާސް މީހުނަށް ދީފިއެވެ.

ކޯވިޑް ވެކްސިންގެ ދެވަނަ ޑޯޒް ދީފައިވާ މީހުންގެ އަދަދަކީ 19،008 އެވެ.

ވެކްސިންގެ ދެވަނަ ޑޯޒް އިއްޔެ ޖަހާފައިވަނީ 3،714 މީހުންނެވެ. އަދި އިއްޔެ ފުރަތަމަ ޑޯޒް ޖަހާފައި ވަނީ 2،994 މީހުންނެވެ.

އެހެންކަމުން ވެކްސިންގެ ފުރަތަަމަ ޑޯޒް ޖެހި މީހުންގެ ޖުމުލަ އަދަދު މިވަނީ 271،456 އަށް އަރާފައެވެ.

މީގެ ތެރެއިން، އިއްޔެ މާލެ ސަރަހައްދުގައި ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައި ވަނީ 3،129 މީހުންނެވެ. އަދި އަތޮޅުތެރޭގައި ދެވަނަ ޑޯޒް ޖަހާފައި ވަނީ 585 މީހުންނެވެ.

އިއްޔެ ވެކްސިންގެ ފުރަތަމަ ޑޯޒް މާލެ ސަރަހައްދުން ޖެހީ 549 މީހުންނެވެ. އަދި އަތޮޅުތަކުގައި އިއްޔެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމުލަ އަދަދަކީ 2،445 އެވެ.

ރޯދަމަހާ ދިމާކޮށް، މާދަމާ މާލެ ސަރަހައްދުގައި ވެކްސިން ޖެހުން ނޯންނާނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވެއެވެ. ނަމަވެސް މިއަދު ވެކްސިން ޖެހުން ކުރިއަށް ދާނެއެވެ.

އެގޮތުން ކޮވިޑް ދިފާއު ވެކްސިންގެ ގޮތުގައި ސިނޮފާމް ވެކްސިން މިއަދު ދެމުން އަންނަނީ ރައްޔިތުންގެ މަޖިލީހާއި ޓްރީޓޮޕް ހޮސްޕިޓަލުގައެވެ.

އުމުރުން 18 އަހަރާ 60 އަހަރާ ދެމެދުގެ މީހުނަށް މިއަދު 10:00 އިން މެންދުރު ފަހު 3:00 އަށް މަޖިލީހާއި ޓްރީޓޮޕުން ވެކްސިން ޖެހޭނެކަމަށް އެޗްޕީއޭއިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް