އދ. މަހިބަދޫ މޮނިޓަރިންއަށް ލީ، ކެމްޕޭން ކުރަން ފުރުސަތު ނުދޭން ކަމަށް، ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަަރު އަޙްމަދު ޠާރިޤް (ޓޮމް) ތުހުމަތު ކުރައްވައިފިއެވެ.
އދ. އަތޮޅު ކައުންސިލް ރައީސް ކަމަށް އިންތިޚާބުވެ ވަޑައިގެންނެވި އަލީ ނަސީރު (ޕެލޭ) އަށް މަރުހަބާ ކިޔުމަށްފަހު ކުރައްވާފައިވާ ޕޯސްޓްއެއްގައި ޓޮމް ވިދާޅުވެފައި ވަނީ، ކެމްޕޭން ކުރުމަށް ޕީޕީއެމް ޓީމް ރައްރަށަށް ދަތުރުކުރިޔަ ނުދީ، މަހިބަދޫ މޮނިޓަރިންގ އަށް ލީ، ކޮވިޑް19 ކޭސްއެއް ފެންނަން ނެތި ކަމަށެވެ.
އަދި، މަހިބަދޫ މޮނިޓަރިންގ އަށް ލައި، ކެމްޕޭން ހުއްޓުވީ އެޗްޕީއޭގެ ނުފޫޒާއި ބާރު ބޭނުން ކޮށްގެން ކަމަށް ޓޮމް ތުހުމަތު ކުރެއްވިއެވެ. އަދި އދ. އަތޮޅު ކައުންސިލްގެ ރައީސްކަމަށް ޕީޕީއެމްގެ ކެނޑިޑޭޓްގެ ގޮތުގައި ވާދަކުރެއްވި ޙަސަން ނާހް އަށް ވޯޓް ދެއްވި އަރިއަތޮޅުގެ އެންމެހާ ރައްޔިތުންނަށް ޓޮމް ވަނީ ޝުކުރު އަދާކޮށްފައެވެ.
އދ. މަހިބަދޫ މޮނިޓަރިންގ އަށް ލީ މި މަހުގެ ހަތަރުވަނަ ދުވަހުއެވެ. އެޗްޕީއޭއިން ބުނެފައި ވަނީ، މަހިބަދޫ ކަރަންޓީނަށް ލާފައި ވަނީ، އެރަށުގައި އެވަގުތު ހުރި ފަތުރުވެރިއެއްގެ ކިބައިން، ކޮވިޑު19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނުމާ ގުޅިގެން، ޞިއްޙީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންތައްތައް ބެލުމަށް ކަމަށެވެ.
މަހިބަދޫ މޮނިޓަރިންގއަށް ލާފައި ވަނީ އެ ރަށުން މާލެ ދަތުރުކުރި ފަރާތެއް ކޯވިޑް-19އަށް ފައްސިވުމާ ގުޅިގެން ކަމަށް، އދ. އަތޮޅު ހޮސްޕިޓަލުން މަޢުލޫމާތު ދީފައި ވެއެވެ.
އަދި އޭޕްރީލް 8 ވަނަ ދުވަހު މަހިބަދޫގެ މޮނިޓަރުންގ ހާލަތު ވަނީ އުވާލާފއި ވަނީ، ފައްސިވި ފަރާތުގެ ޑައިރެކްޓް ކޮންޓެކްޓުންގެ ސާމްޕަލްތައް ނައްސިވުމާ ގުޅިގެންނެވެ. އަދި އެ ރަށުގައި ނެގުނު ރެންޑަމް ސާމްޕަލްތައް ވެސް ވަނީ ނައްސިވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް