ރާއްޖެއިން ބަންގާޅަށް ކުރާ ވައިގެ ދަތުރުތައް މެދުކަނޑާލައިފި

ބަންގާޅާއި ރާއްޖެއާ ދެމެދުގައި ކުރާ ވައިގެ ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑާލުމަށް ދިވެހި ގައުމީ އެއާލައިން މޯލްޑިވިއަން އިން ނިންމައިފި އެވެ. މޯލްޑިވިއަން އިން ބުނީ، ޢޭޕްރީލް މަހުގެ 14 ވަނަ ދުވަހުން...

12 Apr 2021 | 06:47

ބަންގާޅާއި ރާއްޖެއާ ދެމެދުގައި ކުރާ ވައިގެ ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑާލުމަށް ދިވެހި ގައުމީ އެއާލައިން މޯލްޑިވިއަން އިން ނިންމައިފި އެވެ.

މޯލްޑިވިއަން އިން ބުނީ، ޢޭޕްރީލް މަހުގެ 14 ވަނަ ދުވަހުން ފެށިގެން އޭޕްރީލް މަހުގެ 20 ވަނަ ދުވަހާ ހަމައަށް ބަންގްލަދޭޝްގެ ވެރިރަށް ދާކާއަށް ކުރަމުންދާ ދަތުރުތައް ނޯންނާނެ ކަމަށެވެ. އެ އެއާލައިނުން ބުނީ މި ދަތުރުތައް ހުއްޓާލަން ނިންމީ ކޯވިޑް-19ގެ ސަބަބުން ބަންގާޅު ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް ރިއާޔަތްކޮށް ކަމަށެވެ.

ބަންގްލަޝް ސަރުކާރުން ވަނީ އެ މުއްދަތުގައި ފަސިންޖަރުން ގޮވައިގެން އެގައުމަށް ކުރާ ބައިނަލްއަގުވާމީ ވައިގެ ދަތުރުތައް ވަގުތީ ގޮތުން ހުއްޓާލަން ނިންމާފައި އެވެ.

https://twitter.com/MaldivianAero/status/1381462284019527683

ރާއްޖެއިން ބަންގާޅުގެ ވެރިރަށް ޑާކާއަށް ކޮންމެ ހަފްތާއަކު ހަތަރު ދަތުރު ކުރެ އެވެ.

މިހާތަނަށް ބަންގާޅުގައ 68،5000 މީހުނަށް ކޯވިޑް-19 ޖެހިފައި ވެއެވެ. އަދި އޭގެ ތެރޭން 57،7000 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

މަރުވި އަދަދަށް ބަލާއިރު، 9,739 މިހާތަނަށް އެ ގައުމުން ވަނީ މަރުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް