ތ. ކިނބިދޫން ބަޔަކު ކޮވިޑަށް ޕޮޒިޓިވް ވެ އެ ރަށަށް އަރާ ފޭބުން މަނާކޮށްފިއެވެ.
އަރާ ފޭބުން މަނާކޮށްފައިމިވަނީ ކްލަސްޓާއަކާ ގުޅުން ނެތް ބަޔަކު ޕޮޒިޓިވް ވުމުންނެވެ.
ދުވަހަށް މައުލޫމާތުދެއްވަމުން ރަށު ކައުންސިލްގެ ރައީސް ހަސަން މުހައްމަދު ވިދާޅުވީ ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި ހަ މީހަކު ޕޮޒިޓިވް ވެފައިވާއިރު ހަތަރު ކޭސް އަކީ ގުޅުން ނެތް ކޭސްތައް ކަމަށެވެ. ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ.
ކިނބިދުއަށް ކޮވިޑު އަރާފައިވާއިރު، ނިމިދިޔަ އިންތިހާބަށް މުޅި ރާއްޖެ ފުޅާ ދާއިރާއެއްގައި ހުޅުވާލިއެވެ. ކޮވިޑުގެ ނުރައްކާ އިތުރަށް ބޮޑުވެދާނެ ކަމަށް ބެލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް