ކާބޯތަކެތީގެ 15 ބާވަތެއް ރެޑްވޭވުން އަގުހެޔޮކޮށްފި

ރަމަޟާންމަހު އާންމުކޮށް ރެޑްވޭވްގެ ފިހާރަތަކުން ވިކިގެންދާ 15 ބާވަތެއްގެ ކާބޯތަކެތި ރެޑްވޭވްއިން މިއަދުވަނީ އަގުހެޔޮކޮށްފައެވެ. މިއަދަކީ ގިނަ ގޭބިސީތަކުން ރަމަޟާންމަހުގެ ފުރަތަމަ ދުވަހަށް ތައްޔާރުވުމު...

12 Apr 2021 | 05:03

ރަމަޟާންމަހު އާންމުކޮށް ރެޑްވޭވްގެ ފިހާރަތަކުން ވިކިގެންދާ 15 ބާވަތެއްގެ ކާބޯތަކެތި ރެޑްވޭވްއިން މިއަދުވަނީ އަގުހެޔޮކޮށްފައެވެ. މިއަދަކީ ގިނަ ގޭބިސީތަކުން ރަމަޟާންމަހުގެ ފުރަތަމަ ދުވަހަށް ތައްޔާރުވުމުގެ ގޮތުން ވިޔަފާރިކުރާނެދުވަސް ކަމުން،  މިއީ ކަސްޓަމަރުންނަށް ދިން ހަދިޔާއެއްކަމުގައި ރެޑްވޭވްއިން މައުލޫމާތު ދެއްވައެވެ.

އެގޮތުން އަގުހެޔޮ ކުރެވުނު ތަކެތީގެ ތެރޭގައި ރޯޒްސިރަޕް 29 ރުފިޔާއަށް، އަލަނާސި ދަޅު 20 ރުފިޔާއަށް، ޑަބަލްޕީޗް ގެރިކިރު 12.5 ރުފިޔާއަށް، ފެލިވަރު މަސްދަޅު 12.25ރުފިޔާއަށް، ސަފާ ޓޮމާޓޯ ޕޭސްޓް ކުދިދަޅު 2.25ރުފިޔާއަށް އަދި ބޮޑުދަޅު 11.5 ރުފިޔާއަށް، ޑެއިޒީ މާރޖިރިން ކުދި 240 ގްރާމް ތަށި 24 ރުފިޔާއަށް އަދި 340 ގްރާމް ތަށި 36 ރުފިޔާއަށް، މަންޗީ މާރީ ބިސްކޯދު 26 ރުފިޔާއަށް، ނެސްލޭ ކްރީމް 24ރުފިޔާއަށް، ސަފިއްޔާ ސަންފްލާވަރ އޮއިލް 2ލީޓަރު 70ރުފިޔާއަށް، ރަގު ޕިއްޒާ ސޯސް 38ރުފިޔާއަށް، ކުކުޅުފައި 1ކިލޯ 45ރުފިޔާއަށް، ކެޝޫނަޓްސް 100ގްރާމް 28ރުފިޔާއަށް އަދި އަލްމަންޑް ނަޓްސް 100ގްރާމް 26ރުފިޔާއަށް މިހާރުވަނީ އަގުހެޔޮ ކުރެވިފައެވެ.

ރެޑްވޭވްއިން މައުލޫމާތުދޭގޮތުގައި ތަކެތީގެ އަގުހެޔޮކޮށް އާންމުން ރަމަޟާން މަހުކުރާ ބޮޑު ހޭދަޔަށް ލުޔެއްދިނުމަކީ އެކުންފުނީގެ އަމާޒެކެވެ. ރެޑްވޭވްއިން މި ރަމަޟާން އަޒުމް ކަނޑައަޅާފައިވަނީ ގިނައަދަދެއްގެ ކާބޯތަކެތީގެ އިތުރުން އިލެކްޓްރޯނިކްސް އާއި ހިފާގެންގުޅޭ ސާމާނު ރެޑްވޭވްގެ ފިހާރަތަކުގައި ހިމެނުމުގެ އިތުރުން އަގުހެޔޮކޮށް އެމުދާ ކަސްޓަމަރުންނަށް ފޯރުކޯށްދިނުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް