ކައުންސިލް އިންތިޚާބު 2021ގެ ނަތީޖާއަށް ޖުމުލަކޮށް ބަަލާ އިރު، ގިނަ ގޮނޑިތައް ކާމިޔާބުކޮށްފައި ވަނީ ދިވެހި ރައްޔިތުންގެ ޕާޓީ (އެމްޑީޕީ)ކަން ކަށަވަރުވެއްޖެއެވެ.
މިހާތަނަށް އިޢުލާންކޮށްފައިވާ ވަގުތީ ނަތީޖާތަކަށް ބަލާ އިރު، އެމްޑީޕީން ވަނީ 613 ގޮނޑިއެއް ކާމިޔާބުކޮށްފައެވެ. އަދި އެންމެ ވާދަވެރި ޕްރޮގްރެސިވް ޕާޓީ (ޕީޕީއެމް) އިން ވަނީ 418 ގޮނޑިއެއް ހޯދާފައެވެ. މީގެ އިތުރުން ތިން ވަނައަށް އެންމެ ބޮޑު ޖުމްހޫރީ ޕާޓީ (ޖޭޕީ)އަށް ލިބިފައި ވަނީ 34 ގޮނޑިއެވެ. އަދި އެމްޑީއޭއަށް 14 ގޮނޑި، އަދާލަތު ޕާޓީ (އޭޕީ) އަށް 8 ގޮނޑީގެ އިތުރުން އެމްއާރްއެމް އަށް ގޮނޑިއެއް ހޯދިފައި ވެއެވެ. ހަމަ އެހެންމެ، އެއްވެސް ޕާޓީއަކަށް ނިސްބަތްނުވާ މިނިވަން 258 ކެންޑީޑޭޓަކު ވަނީ އިންތިޚާބު ކާމިޔާބުކޮށްފައެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރީ ޖުމްލަ 3934 ކެނޑިޑޭޓުންނެވެ. މީގެ ތެރޭގައި ހިމެނެނީ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރި 2264 ކެނޑިޑޭޓުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރި 1670 ކެނޑިޑޭޓުންނެވެ.
އިންތިކާބުގެ ދާއިމީ ނަތީޖާ އަދި އިޢުލާންކޮށްފައި ނުވި ނަމަވެސް، މި ނަތީޖާއަށް މާ ބޮޑު ބަދަލުތަކެއް އަންނާނެ ކަމަށް ގަބޫލެއް ނުކުރެވެއެވެ. ނަތީޖާއަށް ބަދަލު އަންނަ ފަދަ ޝަކުވާއެއް ވެސް އިލެކްޝަންސް ކޮމިޝަނަށް ހުށަައަޅާފައި ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް