ފުރަތަމަ ކޯވިޑް-19 އަށް ޕޮސިޓިވްވި ދިވެހި މީހާ ބަލިން ރަނގަޅުވެއްޖެ އެވެ.
އެމީހާ ރާއްޖެ އައީ އިނގިރޭސިވިލާތުންނެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އައިޖިއެމްއެޗުގެ ޑޮކްޓަރު މޫސާ މުރާދު ވިދާޅުވީ އޭނާގެ ގައިން ބަލީގެ އަލާމަތްތައް ފިލުމުން ދެ ފަހަރު ބައްޔަށް ޓެސްޓުކޮށްފައިވާ ކަމަށެވެ. ދެ ޓެސްޓުގެ ނަތީޖާވެސް ނެގެޓިވް ވެފައިވާ ކަމަށެވެ.
މިހާރު އެމީހާ ވަނީ ކަރަންޓީން ފެސިލިޓީއަކަށް ބަދަލުކޮށްފައި އެވެ. އެމީހާ ދޫކޮށްލާނީ އިތުރު ކަރަންޓީން މުއްދަތު ފުރިހަމަ ކުރުމަށް ފަހު ކޯވިޑް-19 އަށް ޓެސްޓު ކުރުމަށް ފަހު ނަތީޖާ ނެގެޓިވް ވެއްޖެ ނަމަ އެެވެ.
މިހާތަނަށް ރާއްޖެއިން ބައްޔަށް ޕޮސިޓިވްވި މީހުންގެ ތެރެއިން14 މީހަކު ވަނީ ބަލިން ރަނގަޅުވެފައި އެވެ. މި މީހާގެ އިތުރުން ދެން ރަނގަޅުވި13 މީހުންނަކީ ބަލި ޖެހުނު ބިދޭސީންނެވެ.
މިހާތަނަށް ރާއްޖެއިން20 މީހަކު ބައްޔަށް ޕޮސިޓިވްވެފައިވާއިރު އޭގެ ތެރޭގައި ފަސް ދިވެހިން ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް