އަނބިމީހާގެ ނޭފަތުގައި ދަތް އެޅި މީހަކު ފެންފުށިން ހައްޔަރުކޮށްފި

އދ. ފެންފުށީގައި ދެމަފިރިއެއްގެ ދެމެދުގައި ހިނގި ހަމަނުޖެހުމަކާއި ގުޅިގެން ފިރިހެން މީހާ ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނެފައިވާގޮތުގައި އެ ދެމަފިރިން ޒުވާބުކުރަމުންގޮސް ފިރިހެންމީހާ، އަންހެންމީހާގެ ނ...

12 Apr 2020 | 14:36

އދ. ފެންފުށީގައި ދެމަފިރިއެއްގެ ދެމެދުގައި ހިނގި ހަމަނުޖެހުމަކާއި ގުޅިގެން ފިރިހެން މީހާ ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނެފައިވާގޮތުގައި އެ ދެމަފިރިން ޒުވާބުކުރަމުންގޮސް ފިރިހެންމީހާ، އަންހެންމީހާގެ ނޭފަތުގައި ވަނީ ދަތްއަޅާފައެވެ. ދަތް އެޅިކަމުގެ ނިޝާން ފެންނަން ހުރިކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ރޭގެ ދަންވަރުގެ ވަގުތެއްގައެވެ. މި މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ފިރިހެންމީހާ މިހާރު ހައްޔަރުކޮށް ބަންދަށް ފަސް ދުވަސް ޖަހާފައިވާކަމަށް ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް