ގިނަ އަދަދެއްގެ ތަރުކާރީ އާއި މޭވާ ރާއްޖެ ގެނެސްފި

ރާއްޖޭގެ ބާޒާރަށް ބޭނުންވާ ގިނަ އަދަދެއްގެ ތަރުކާރީ އާއި މޭވާ ވިޔަފާރިވެރިން ރާއްޖެ ގެނެސްފި އެވެ. މޯލްޑިވްސް ޕޯޓްސް ލިމިޓެޑު (އެމްޕީއެލް) އިން ބުނީ މިތަކެތި ރާއްޖެ ގެނެސްފައިވަނީ "ނިއުމަތު" އަދި ނިއު...

12 Apr 2020 | 08:45

ރާއްޖޭގެ ބާޒާރަށް ބޭނުންވާ ގިނަ އަދަދެއްގެ ތަރުކާރީ އާއި މޭވާ ވިޔަފާރިވެރިން ރާއްޖެ ގެނެސްފި އެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑު (އެމްޕީއެލް) އިން ބުނީ މިތަކެތި ރާއްޖެ ގެނެސްފައިވަނީ "ނިއުމަތު" އަދި ނިއުމަތު 11" ނަމަކަށް ކިޔާ ކާގޯ ބޯޓެއްގައި އެވެ. މި ދެ ބޯޓު ރާއްޖެ އައިސްފައިވަނީ މިމަހުގެ 10 ވަނަ ދުވަހާއި 11 ވަނަ ދުވަހު އެވެ.

އޭގެ ތެރެއިން ނިއުމަތު 11 ކުން ގެނައި ތަކެތީގެ ތެރޭގައި ހިމެނެނީ 9990 ކޭސް ބިހާއި، 8880 ބަސްތާ ފިޔާ އަދި 2060 ބަސްތާ އަލުވި އެވެ. މީގެ އިތުރުން އެ ބޯޓުގައި ގެނައި ތަކެތީގެ ތެރޭގައި 160 ބަސްތާ ބަރަބޯ ހިމެނެ އެވެ.

އިއްޔެ އައި ނިއުމަތު ބޯޓުން ގެނައި ތަކެތީގެ ތެރޭގައި ހިމެނެނީ 4125 ކޭސް ބިސް، 3220 ބަސްތާ ފިޔާ، 1160 ބަސްތާ އަލުވި އެވެ. 960 ބަސްތާ ކެބެޖު، 648 ކެޔޮ ގަނޑު، 810 ޓޮމާޓޯ ފޮށިގަނޑު އަދި 800 ބަސްތާ ކަރާގެ އިތުރުން 264 ކޭސް އަލަނާސިއާއި 380 ބަސްތާ ބަރަބޯވެސް އެ ބޯޓުގައި ރާއްޖެ އެތެރެކޮށްފައިވެ އެވެ.

އެމްޕީއެލްއިން ވަނީ ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ނޭދެވޭ އަސަރުތަކާއެކު ވިޔަފާރިތަކަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް ކުޑަކުރުމުގެ ގޮތުން ވިޔަފާރިވެރިންނަށް ހާއްސަ ލުއިތަކެއް ދިނުމަށް ނިންމާފައެވެ.

އެގޮތުން 30 މާޗުން ފެށިގެން 30 ޖޫންގެ ނިޔަލަށް އެމްޕީއެލްއިން ނަގާ ބައެއް ފީތައް ކުޑަކޮށް މުދާ ގުދަންކުރުމުގައި ފަސޭހަ އިންތިޒާމްތަކެއް ވަނީ ހަމަޖެއްސާދީފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް