ހަލުއި ކަމާއެކު ސައުދީ އަރަބިއްޔާގައި ފެތުރެމުންދާ ކޯވިޑް-19 ކޮންޓްރޯލް ކުރުމަށް، ވަކި މުއްދަތެއް ނެތް ގޮތައް ކާފިއުގެ މުއްދަތު ދަންމާލަން އެ ގައުމުގެ ރަސްގެފާނު އަމުރު ކުރައްވައިފި އެވެ.
ސައުދީގައި ފުރަތަމަ ކާފިއު އިއުލާންކުރީ ހުސްވި މާޗް މަހުގެ 23 ވަނަ ދުވަހުން ފެށިގެން 21 ދުހުވަހުގެ ނިޔަލަށެވެ. މިހާތަނަށް އެ ގައުމުގައި 4،033 މީހަކަށް ކޯވިޑް-19 ޖެހިފައިވާއިރު، 52 މީހުން ބަލިޖެހިގެން މަރުވެފައިވާ ކަމަށްވެސް އެ ގައުމުގެ ސިއްހަތާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވެއެވެ.
ސިއްހަތާ ބެހޭ މިނިސްޓްރީން ހާމަ ކޮށްފައިވާ މައުލޫމާތައް ބަލާއިރު، މައްކާ، މަދީނާ، ރިޔާދް އަދި ޖިއްދާ އިން ވެސް މީހުންނަށް އަލަށް ބަލި ޖެހިގެން ރިޕޯޓު ކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް