އައްޑޫ ސިޓީއާ 4،000 ކިލޯމީޓަރު ދުރަށް ބިން ހެލުމެއް އައިސްފި

އައްޑޫ ސިޓީ އާއި4،042 ކިލޯމީޓަރު ދުރަށް ބިން ހެލުމެއް އަތުވެއްޖެ އެވެ. މޯލްޑިވްސް މީޓިއޮރޮލަޖިކަލް ސާވިސް (މެޓް) އޮފީހުން ބުނީ މި ބިން ހެލުން އައިސްފައިވަނީ މިޑް އިންޑިއަން ރިޖް އަށެވެ. ބިން ހެލުން އަ...

12 Apr 2020 | 07:40

އައްޑޫ ސިޓީ އާއި4،042 ކިލޯމީޓަރު ދުރަށް ބިން ހެލުމެއް އަތުވެއްޖެ އެވެ.

މޯލްޑިވްސް މީޓިއޮރޮލަޖިކަލް ސާވިސް (މެޓް) އޮފީހުން ބުނީ މި ބިން ހެލުން އައިސްފައިވަނީ މިޑް އިންޑިއަން ރިޖް އަށެވެ. ބިން ހެލުން އައިސްފައިވަނީ ރެކްޓާ މިންގަނޑުން 6.1 ގެ ބާރުމިނުގައި އެވެ.

ބިން ހެލުން އައިސްފައިވަނީ ރާއްޖޭ ގަނޑިން މިއަދު ހެނދުނު11:57 ގައި ކަނޑުގެ10 ކިލޯމީޓަރު އަޑިއަށެވެ.

މެޓް އޮފީހުން ބުނީ މި ބިން ހެލުމުގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް ނުބެލެވޭ ކަމަށެވެ.

https://twitter.com/MetMaldives/status/1249236177485352965

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް